Sunday, 26 July 2026
Ads by

ސުނާމީ ބިނާ މައިޒާން ތަރައްގީކުރުމުގެ މަސައްކަތް ނިންމައި އާންމުންނަށް ހުޅުވާލައިފި

ސުނާމީ ބިނާ މައިޒާން ތަރައްގީކުރުމުގެ މަސައްކަތް ނިންމައި އާންމުންނަށް ހުޅުވާލައިފި

މާލޭ ސުނާމީ ބިނާ މައިޒާން--- ފޮޓޯ: އެމްޓީސީސީ

ސުނާމީ ބިނާ މައިޒާން މަރާމާތުކޮށް ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމުގެ މަސައްކަތް އެއްކޮށް ނިންމާލައި ބޮޑެތި ބަދަލުތަކަކާއެކު އެ ސަރަހައްދު އަލުން އާންމުންނަށް ހުޅުވާލައިފިއެވެ.

Ad Image
Ads by

ސުނާމީ ބިނާ މައިޒާން މަރާމާތުކޮށް ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ ފެބުރުވަރީ މަހުގެ ތެރޭގައެވެ. މި މަޝްރޫއަކީ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްގެން ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ މަޝްރޫއެކެވެ.

ސުނާމީ ބިނާ މައިޒާން މަރާމާތުކޮށް ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން އެ 75 މީޓަރުގެ ސަރަހައްދެއްގައި އަލުން ޝީޓް ޕައިލް ޖަހައި، ކީވޯލް މަރާމާތުކުރުމުގެ އިތުރުން ކުޑަކުދިންނާއި އާންމުންގެ ރައްކާތެރިކަމަށްޓަކައި ފެންސްވެސް ވަނީ ޖަހައިފައެވެ. މީގެ އިތުރުން ސުނާމީ ބިނާ މޮނިއުމަންޓް އެ މައިޒާނުގެ އެހެން ސަރަހައްދަކަށް ބަދަލުކޮށް، ޕާކުގެ ތެރޭގައި ހިނގާބިނގާވެ އުޅުމަށް ވޯކްވޭތައް ހަދައި، ގިނަ އަދަދެއްގެ ގަސް އިންދައި، އިށީނދެލައިގެން ތިބޭނެ ބެންޗުތައް ވެސް ވަނީ ގާއިމުކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މާލޭ ސިޓީގައި ދިރިއުޅޭ ރައްޔިތުން ހިތްފަސޭހަކޮށްލުމަށް ބޭނުންކުރާ ސަރަހައްދުތައް ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން، ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާނުގެ އިތުރުން ރަސްފަންނު ސަރަޙައްދު މަރާމާތުކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރެވެމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި