Sunday, 26 July 2026
Ads by

އަމިއްލަ ކެބިނެޓު އެއްކޮށް އިސްތިއުފާދިނުމުން އެކުލަވާނުލި އިންތިޤާލީ ސަރުކާރު އެކުލަވާލަން ނަޝީދު ގޮވާލައްވައިފި

އަމިއްލަ ކެބިނެޓު އެއްކޮށް އިސްތިއުފާދިނުމުން އެކުލަވާނުލި އިންތިޤާލީ ސަރުކާރު އެކުލަވާލަން ނަޝީދު ގޮވާލައްވައިފި

އެމަނިކުފާނުގެ ވެރިކަމުގައި އަމިއްލަ ކެބިނެޓު އެއްފަހަރާ އިސްތިއުފާ ދެއްވުމުންވެސް، އެކުލަވާނުލި އިންތިޤާލީ ސަރުކާރު އެކުލަވާލަން ކުރީގެ ރައީސް ނަޝީދު ގޮވާލައްވައިފިއެވެ.

Ad Image
Ads by

ބަރުލަމާނީ ނިޒާމަކުން ބޮޑުވަޒީރުކަމުގެ ހުވަފެންދެކެވަޑައިގަންނަވާ ނަޝީދު މިކަމަށް ގޮވާލެއްވީ ސަރުކާރުގެ ހިންގުން ހަރުދަނާ ކުރުމަށް ކަމަށްބުނެ 10 ވަޒީރަކު އިސްތިއުފާ ދެއްވުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކެބިނެޓަށް މުހިންމު ބަދަލުތަކެއް ގެނެސްފައިވާ ދަނޑިވަޅެއްގައެވެ.

ނަޝީދު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކެބިނެޓްގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ގެއްލިއްޖެކަމަށާއި، ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ރައްޔިތުންގެ އިތުބާރުވެސް ގެއްލިއްޖެކަމަށެވެ. ނަޝީދު މިފަދައިން ވިދާޅުވިއިރު އައު ކެބިނެޓް އެކުލަވާނުލައެވެ. ކެބިނެޓަށް ރައީސް ގެންނަވަން ނިންމެވި ބަދަލު އެނގިވަޑައިނުގަތް ހުންނަވާ ނަޝީދު ވިދާޅުވީ މިދަނޑިވަޅު ހަނގުރާމައިގެ ނޭދެވޭއަސަރު ރާއްޖޭގެ އިޤްތިޞާދަށް ބޮޑުކޮށް ކުރަން ފަށައިފިކަމަށާއި، އެހެންކަމުން، ބޭނުން ޖެހިފައިވާ އަސާސީ އޮނިގަނޑުގެ އިސްލާހުތައް ގެންނަންޖެހޭ ކަމަށެވެ.

މިއާއިއެކު ނަޝީދު ގޮވައިލެއްވީ މިނިވަން އިންސާފުވެރި އިންތިޚާބެއް ރާވާ ހިންގަން ހުރިހާ ޕާޓީއެއް އެކުލެވޭ އިންތިޤާލީ ސަރުކާރެއް އެކުލަވާލުމަށެވެ.

ނަޝީދުގެ މި ޕޯސްޓާއެކު ގިނަބަޔަކު ދަނީ އޭނާގެ ވެރިކަމުގައި މުޅި ކެބިނެޓް އެއްކޮށް އެއްދުވަހެއްގައި އިސްތިއުފާ ދެއްވި ދުވަސް ހަނދާންކޮށްދެމުންނެވެ.

ނަޝީދުގެ ވެރިކަމުގައި އޭނާގެ މުޅި ކެބިނެޓް އެއްވަގުތެއްގައި އިސްތިއުފާ ދެއްވުން..

އިދިކޮޅު އެމްޑީޕީގެ އެއް އެޑްވައިޒަރުގެ ގޮތުގައި މިހާރު ހުންނެވި ނަޝީދު މިކަމަށް ގޮވާލެއްވި ނަމަވެސް ރައީސް އޮފީހުން ބުނެފައި ވަނީ 10 ވަޒީރުން މިއަދު އިސްތިއުފާ ދެއްވީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގަން ރައީސް ޑރ. މުޢިއްޒު ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވަން ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
1 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
ްމުހައްމަދު އިބްރާހިމް ދީދީ
ްމުހައްމަދު އިބްރާހިމް ދީދީ
3 މަސް ކުރިން

މީބޯގޮވާފަ ހުރިމީހެކަން އެގޭ މިދައްކާވާހސކއިންވެސް ބަލަ ކަލޭމަޑުކޮއްބަލަ 2028 ގަ އިންތިހާބާ ޖެހެންދަން ކުރީގަ އޮތްތާއިދެއްނެތޭ ބަލަ މޮޔަވަނީ ކަލޭގެ މައްމަގެ ފަރާތުން ކަލޭއަކީ އަހަރެންނާވެސް ތިމަގެ މީހެއް ނަމަވެސް އަހަރެންގެ ކުޑތާއިދެއްވެސް ނެތްމީހެއްތިއީ

Ads by
ފަހުގެ ޚަބަރު
fhtfw
ދިވެހި ދަޢުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި 66 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ ހަވާލުކުރައްވައިފި
minivna61
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވައިފި
Screenshot 2026-07-26 at 12.23
ހަތަރު ބޭފުޅަކަށް ދައުލަތުގެ މަތިވެރި އިއްޒަތް އަރުވައިފި
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި