Wednesday, 9 September 2026
Ads by

ޝިއާއުގެ މަރުގެ މައްސަލައިގެ 2 ދަޢުވާ ސާބިތުވެ ސާހިލް 3 އަހަރަށް ޖަލަށް !

ޝިއާއުގެ މަރުގެ މައްސަލައިގެ 2 ދަޢުވާ ސާބިތުވެ ސާހިލް 3 އަހަރަށް ޖަލަށް !

މާލޭގެ ހެންވޭރުގައި ހުރި ގެއެއްގެ ތެރޭގައި ރަހުމު ކުޑަގޮތަކަށް މާރާލާފައިވާ ޝިޢާއު މުޙައްމަދު ސަޢީދުގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ޢަލީ ސާހިލްގެ މައްޗަށް ކުރި ދައުވާތަކުގެ ތެރެއިން 2 ދައުވާއެއް ސާބިތުވެފައިވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. އޭނާގެ މައްޗަށް ދައުލަތުން ޖުމްލަ 5 ދައުވާއެއް ކުރެއެވެ.

Ad Image
Ads by

ހާދިސާ ހިނގީ 2022 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައިއެވެ. ހ.ޝީރީންވިލާގައި ރަހުމުކުޑަ ގޮތަކަށް މަރާލާފައި އޮތްވާ ފެނުނު ޝިޢާއު މުޙައްމަދު ސަޢީދުގެ މަރުގެ މައްސަލާގައި، ތުހުމަތުކުރެވޭ ޢަލީ ޝާހިލް ފުލުހުން ހައްޔަރު ކުރީވެސް ސީދާ ކުށުގެ ވެށިންނެވެ. މަރާލުމަށްފަހު ޝިޢާއުގެ ހަށިގަނޑު ކޮށާލާފައި އޮއްވައި ފެނުނުއިރު ފުލުހުން ވިދާޅުވި ގޮތުގައި އޭރު އެތަނުން ސާހިލް އެކަމަށް ބޭނުންކުރި އާލާތްތައް ވެސް ވަނީ ފެނިފައިވެއެވެ.

މިމައްސަލައިގެ ހައްސާސްކަމުން ކޯޓު އަޑުއެހުންތައް  ގެންގޮސްފައިވަނީ ސިއްރުކޮށްގެންނެވެ. އަދި މިމައްސަލާގައި ދައުވާތައްވެސް ވަނީ ސިއްރުކޮށްފައެވެ. މިކަމާއި ގުޅިގެން ޕީޖީން ބުނީ، ސާހިލްގެ މައްޗަށް ކުރި ދައުވާތަކުގެ ތެރެއިން މިހާތަނަށް ދެ ދައުވާއެއް ސާބިތުވެފައިވާ ކަމަށާއި، އޭނާގެ މައްޗަށް ސާބިތުވެފައިވަނީ، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސް ބޭނުން ކުރުމުގެ ދައުވާއާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ ކަމަށެވެ.

މީގެ ތެރެއިން ކެނެބިސް ބޭނުން ކުރުމުގެ ދައުވާ ޝާހިލްގެ މައްޗަށް ދައުވާ ކުރުމުން 3 އަހަރުގެ ހުކުމެއް ވަނީ ކޮށްފައެވެ. އަދި އޮރިޔާން ކާޑު ގެންގުޅުމުގެ މައްސަލަ ސާބިތު ވުމާއި ގުޅިގެން 1 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް ވަނީ އައިސްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝާހިލްގެ މައްޗަށް 5 ދައުވާއެއް ކުރެއެވެ. އޭގެ ތެރެއިން މިހާތަނަށް ހުކުމް ނުކޮށް ހުރި ދައުވާތައް ކޯޓުގައި ކުރިއަށްދާނެ ކަމަށް ޕީޖީ އޮފީހުން ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

މިމައްސަލައިގެ އިތުރު އަޑުއެހުންތަކެއް މިމަހުގެ ފަހުކޮޅު ބާއްވާނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި