ތުރުކީވިލާތުގެ ސަންލިއުފާ ޕްރޮވިންސްގައި ހުންނަ ހައިސުކޫލެއްގެ ކުރީގެ ދަރިވަރަކު ވަނީ މިއަދު ޝޮޓްގަން އެއް ހިފައިގެން ވަދެ އެ ސުކޫލުގައި ބަޑިޖަހާފައެވެ. 18 އަހަރުގެ މިމީހާ ބަޑިޖެހުމުގެ ސަބަބުން 16 މީހުން އެސުކޫލުގެ ތެރޭގައި ޒަޚަމްވެފައިވާއިރު އޭނާވެސް ވަނީ ޕޮލިހުން ވަށާލުމުން އަމިއްލަ ގަޔަށް ބަޑިޖަހައި އަމިއްލައަށް މަރުވެފައެވެ.
5 މީހުންނަށް ލިބިފައިވާ އަނިޔާ ސީރަސް ވުމުގެ ސަބަބުން އިތުރު ފަރުވާ ދިނުމަށް އެޕްރޮވިންގެ ވެރިރަށަށް ގެންގޮސްފައިވާއިރު، ތުރުކީވިލާތުގެ ސުކޫލުތަކުގައި މިފަދަ ބަޑިޖެހުމުގެ ހަމަލާތަކަކީ ވަރަށް މަދުން ނޫނީ ނުހިނގާ ކަމެކެވެ. އަދި މިހަމަލާ ދިނުމަށް މެދުވެރިވި ސަބަބު ދެނެގަނެވިފައި ނުވެއެވެ.












