Sunday, 26 July 2026
Ads by

ސްރީލަންކާގައި ތާށިވެފައި ހުރި 2،500 ކޮންޓެއިނަރު މި ހަފުތާ ތެރޭގައި ގެންނަނީ

ސްރީލަންކާގައި ތާށިވެފައި ހުރި 2،500 ކޮންޓެއިނަރު މި ހަފުތާ ތެރޭގައި ގެންނަނީ

އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ސްރީލަންކާގައި ތާށިވެފައި ހުރުމުގެ ސަބަބުން ރާއްޖެއަށް ނުގެނެވި ހުރި 2،500 ކޮންޓެއިނަރު މި ހަފްތާގައި ރާއްޖެއަށް ގެނެވޭނެކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މިނިސްޓަރު ސަޢީދު މި މޭރުމުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރު ވިދާޅުވީ، ސްރީލަންކާގައި ތާށިވެފައި ހުރި މުދާ ޝިޕްމަންޓުތަކުގެ ތެރެއިން ބޮޑު ބައެއް މި ހަފުތާގެ ތެރޭގައި ރާއްޖެއަށް ގެނެވޭނެ ކަމަށެވެ.

”މިދިޔަ ހަފުތާގައި ހުރިކަމަށް ދެންނެވިން 4،241 ކޮންޓެއިނަރު. ނަމަވެސް މި ވަގުތު ބަނދަރުގައި އޮތް ބޯޓުތަކާއިއެކު، މި ހަފުތާގައި އައުމަށް ހަމަޖެހިފައިވާ ބޯޓުތައް އައުމުން، މިހާރު ލަންކާގައި ހުންނާނެ ކަމަށް ލަފާ މި ކުރެވެނީ 1،741 ކޮންޓެއިނަރުގެ މުދާ،“ – މިނިސްޓަރު ސަޢީދު ވިދާޅުވިއެވެ.

މި ވަގުތު ބަނދަރުގައި އޮތް އުޅަނދެއްގައި 1،200 ޓީއީޔޫގެ މުދާ އެބަހުރިކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މީގެ ތެރެއިން 2،500 ޓީއީޔޫގެ މުދާ މި ހަފުތާގެ ތެރޭގައި ރާއްޖެއަށް ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އިއްޔެއާއި އޭގެ ކުރީ ދުވަހު 1،000 ކޮންޓެއިނަރު އަދި މިއަދު 1،500 ކޮންޓެއިނަރު ވަނީ ރާއްޖެ ގެނެސްފައެވެ.

ރާއްޖެއަށް މުދާ ގެނައުން ލަސްވެ، އެތެރެކުރާ މުދާ ކްލިއަރ ނުކުރެވި ދިގުލައިގެންދާކަމުގެ ޝަކުވާ ވިޔަފާރިވެރިން ކުރަމުންއަންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ. މިކަން މިހެން ދިމާވުމަށް މެދުވެރިވީ ސަބަބަކީ، މެދުއިރުމަތީގައި މިހާރު ހިނގަމުން އަންނަ ހަނގުރާމައާއި ގުޅިގެން ބައިނަލްއަޤުވާމީ ޝިޕިން ޚިދުމަތްތަކަށް ދިމާވި ގޮންޖެހުންތަކުގެ ސަބަބުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
minivna61
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވައިފި
Screenshot 2026-07-26 at 12.23
ހަތަރު ބޭފުޅަކަށް ދައުލަތުގެ މަތިވެރި އިއްޒަތް އަރުވައިފި
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި