މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް، ސްޓެލްކޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީ މިއަދު އައްޔަނުކޮށްފިއެވެ.
ފަހުމީ މި މަގާމަށް އައްޔަނުކުރައްވާފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑު މެންބަރުން އައްޔަނުކުރުމުގެ ޒިންމާ މަތިކޮށްފައިވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިންނެވެ. ފަހުމީއަކީ މީގެ ކުރިން ސްޓެލްކޯގެ އެކި ފަންތީގެ މަގާމުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވައި، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުވެސް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.
އެމްޑަބްލިއުއެސްސީގެ އެމްޑީގެ މަގާމަށް އާ ބޭފުޅަކު މި އައްޔަނުކުރީ، ކުރިން އެ މަގާމުގައި ހުންނެވި ބޭފުޅާ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.












