Wednesday, 9 September 2026
Ads by

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިންނަށް ފުލެޓަށް ކުރިމަތިލެވޭ ގޮތް ހަދަނީ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިންނަށް ފުލެޓަށް ކުރިމަތިލެވޭ ގޮތް ހަދަނީ

ކޮންސްޓްރަކްޝަން މިނިސްޓަރު މުއްޠަލިބް---

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބަދަލުގައި އެ ފަރާތްތަކުގެ ބެލެނިވެރިންނަށް ފުލެޓަށް ކުރިމަތިލެވޭ ގޮތަށް އިޞްލާޙު ބަދަލުކުރުމަށް ނިންމާފައިވާކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މިނިސްޓަރު މުއްޠަލިބް މި މޭރުމުން ވިދާޅުވީ އެކްސްގައި ޚިއްޞާކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި މިނިސްޓަރު ވިދާޅުވީ، ޢާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމުގެ ދަށުން ”ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ“ ގެ ޝަރުޠުތައް އިޞްލާޙުކޮށް، ވަކިން ފުލެޓަށް އެދި ހުށަހެޅުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ހުޅުވާލިއިރު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ނުވަތަ އެފަދަ ފަރާތްތަކުގެ ބަދަލުގައި އެ ފަރާތްތަކުގެ ބެލެނިވެރިންނަށް ކުރިމަތިލެވޭ ގޮތަށް އުޞޫލު އިޞްލާޙުކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

ސަރުކާރުން ވަނީ މާލޭ ސަރަޙައްދުގައި 7,900 ހައުސިންގ ޔުނިޓް ތަރައްޤީކުރުމަށް ނިންމައިފައެވެ. އޭގެ ތެރެއިން މާލޭ ރަށްވެހިންނަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 4,000 ހައުސިންގ ޔުނިޓެވެ. މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުންނަށް 1,500 ހައުސިންގ ޔުނިޓް ދޫކުރުމަށް ހަމަޖެހިފައިވާއިރު ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ހައުސިންގ ޔުނިޓް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ގޯއްޗާއި ފްލެޓަށް އެދި ފޯމު ހުށަހަޅާނީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ”ހިޔާވަހި“ ޕޯޓަލް މެދުވެރިކޮށެވެ. ބޯހިޔާވަހިކަމަށް އެދި ފޯމު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ގޯއްޗާއި ފުލެޓަށް އެދި ފޯމު ހުށަހެޅޭނެ އެންމެފަހު ތާރީޚަކީ އަންނަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ ފުލެޓަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުން ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުންތައް ހަމައަށް ހުރިތޯ ބަލައި، ފޯމާއެކު އެ ލިޔެކިޔުންތައް ހުށަހެޅުމަށް އެދިފައެވެ.

މިކަމާ ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރުމަށް ބޭނުންވާ ފަރާތެއް ހުރިނަމަ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ހޮޓްލައިން ނަންބަރު 4004860, 4004861, 4004862, 4004863, 4004864 ނުވަތަ 4004865 ގުޅައި މަޢުލޫމާތު ސާފުކުރުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ. މީގެ އިތުރުން އެ މިނިސްޓްރީގެ އީމެއިލް: hotline@infrastructure.gov.mv އަށް މެއިލްކޮށްގެންވެސް މިކަމާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެވޭނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Aaidha
ބައިނަލްއަގުވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އާއިދާއަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު