Saturday, 24 October 2026
Ads by

ވިލުފުށި އަދި ތުޅާދޫގައި ތަރައްޤީކޮށްފައިވާ ހައުސިންގ ޔުނިޓްތަކަށް އެދި ފޯމު ހުޅަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ވިލުފުށި އަދި ތުޅާދޫގައި ތަރައްޤީކޮށްފައިވާ ހައުސިންގ ޔުނިޓްތަކަށް އެދި ފޯމު ހުޅަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ތ. ވިލުފުށި--- ފޮޓޯ: ޕީއެސްއެމް

ތ. ވިލުފުށި އަދި ބ. ތުޅާދޫގައި ތަރައްޤީކޮށްފައިވާ ހައުސިންގ ޔުނިޓުތަކަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު، ކޮންސްޓްރަކްޝަން މިނިސްޓްރީން އިތުރުކޮށްފިއެވެ.

Ad Image
Ads by

މިކަމާ ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓްރީން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، ތ. ވިލުފުށީގައި ތަރައްޤީކޮށްފައިވާ 100 ހައުސިންގ ޔުނިޓާއި ބ. ތުޅާދޫގައި ތަރައްޤީކޮށްފައިވާ 100 ހައުސިންގ ޔުނިޓަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު، މި މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ ރޭ 23:59 އާއި ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

މި ހައުސިންގ ޔުނިޓުތަކަށް އެދި ފޯމު ހުށަހަޅާނީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ”ހިޔާވެހި ޕޯޓަލް މެދުވެރިކޮށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ވިލުފުއްޓާއި ތުޅާދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް މި ސަރުކާރުން އަންނަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ގިނަ ދުވަސްތަކެއްވަންދެން ހުއްޓާލާފައި އޮތް ވިލުފުށީ ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް އަލުން ފަށައި ހަލުވި ދުވެލީގައި ކުރިއަށްގެންގޮސް ނިންމާލީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ސަރުކާރުންނެވެ.

މީގެ އިތުރުން ވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމުގެ ގޮތުން މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، މާލެ ސަރަޙައްދުން އެކަނި ވެސް 7،900 ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ މަސައްކަތް ފަށައި، 15،000 ގޯތި ދޫކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި