Saturday, 24 October 2026
Ads by

އެމްޑީޕީގެ ”ޒަމާނީ އަމީނީ“ ވީރާނާވެ، އަލުން ތަރައްޤީކުރަނީ

އެމްޑީޕީގެ ”ޒަމާނީ އަމީނީ“ ވީރާނާވެ، އަލުން ތަރައްޤީކުރަނީ

މާލޭ އަމީނީ މަގު--- ފޮޓޯ: އެކި އެމްވީ

ނިމިދިޔަ އެމްޑީޕީ ސަރުކާރުން އެތައް މިލިއަން ރުފިޔާއެއް ޚަރަދުކޮށްގެން ތަރައްޤީކުރި އަމީނީ މަގުގެ ހުޅަނގަށްވީ ބައިގައި އެކި ތަންތަނުން ތާރުގަނޑު އުފުލި، ހަލާކުވެފައި ހުރުމުގެ ސަބަބުން އެ ސަރަޙައްދުގައި ތާރުއަޅައިގެން އަލުން ތަރައްޤީކުރުމަށް ނިންމާފައިވާކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.

Ad Image
Ads by

މިކަމާ ގުޅިގެން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ނަޡީމް ދަޢުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ވިދާޅުވީ، އަމީނީ މަގުގެ ޣިޔާސުއްދީން ސްކޫލުން ފެށިގެން ހުޅަނގަށް އޮންނަ ސަރަޙައްދު ވަރަށް ބޮޑަށް ހަލާކުވެ މަރާމާތުކުރަން ޖެހިފައިވާ ކަމަށެވެ. އެގޮތުން އެ ސަރަޙައްދުގެ ތާރުގަނޑު ނަގާފައި އަލުން ތާރުއެޅުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާކަން ހާމަކުރައްވަމުން ނަޡީމް ވިދާޅުވީ، ކުރިއަށް އޮތް ދެ ހަފުތާއެއްހައި ދުވަހުގެ ތެރޭގައި އެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

”މިހާރު އެތަނުގައި އޮތް ތާރުގަނޑު ނަގާފައި އަލުން އެތަނުގައި ތާރުއެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނެ، ދެން އެއީ މާލޭގައި އަޅުގަނޑުމެން އެންމެ އަވަހަށް ކުރިއަށްގެންދާނެ އެންމެ ބޮޑު މަސައްކަތް،“ – އެމްޑީ އިބްރާހީމް ނަޡީމް ވިދާޅުވިއެވެ.

ނަޡީމް ވިދާޅުވީ، އަމީނީ މަގުގައި ތާރުއަޅަައިގެން އަލުން ތަރައްޤީކުރާނީ ޓެކްނިކަލީ ބަލަންޖެހޭ ހުރިހާ ކަމެއް ބެލުމަށް ފަހުގައި ކަމަށެވެ. އެގޮތުން އަލުން ތާރުއަޅާއިރު ރަނގަޅު ފެންވަރަކަށް ތާރުއަޅާނެ ކަމަށާއި، ވަކިން ޚާއްޞަކޮށް، އެ ސަރަޙައްދުގައި ތާރުއެޅުމުގެ ކަންކަން ކުރިއަށްގެންދާއިރު ރާއްޖެއިން ބޭރުން ރޯޑް އިންޖިނިއަރެއް ގެނެސްގެން އެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާކަމަށް ނަޡީމް ވިދާޅުވިއެވެ.

އާންމުގޮތެއްގައި ތާރުގަނޑު އެކި ތަންތަނުން އުފުލި ހަލާކުވުމަށް މެދުވެރިވަނީ ތާރުގަނޑު ނުހިކެނީސް މަގު ހުޅުވައި ބޭނުންކުރަން ފެށުމުންނެވެ. މިގޮތަށް މަގުގެ އެކި ތަންތަނުން ތާރުގަނޑު އުފުލި ހަލާކުވެފައި ހުރުމުގެ ސަބަބުން އެ މަގުގައި ދަތުރުކުރަން އުނދަގޫކަމުގެ ޝަކުވާ އާންމުން އަންނަނީ ކުރަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި