Wednesday, 9 September 2026
Ads by

ސޯލިހާއި ނަޝީދު، އެމްޑީޕީގެ އެޑްވައިޒަރުންގެ ގޮތުގައި ހަމަޖައްސަވައިފި

ސޯލިހާއި ނަޝީދު، އެމްޑީޕީގެ އެޑްވައިޒަރުންގެ ގޮތުގައި ހަމަޖައްސަވައިފި

ދިވެހިރާއްޖޭގެ މައި އިދިކޮޅު ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އެޑްވައިޒަރުންގެ މަގާމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ހަމަޖައްސަވައިފިއެވެ.

Ad Image
Ads by

މި ނިންމުން ނިންމާފައިވަނީ މިރޭ ބޭއްވުނު އެމްޑީޕީގެ ގައުމީމަޖިލީހުގެ ކުއްލި ޖަލްސާއެއްގައެވެ. މި ދެ ބޭފުޅުން ޕާޓީގެ އެޑްވައިޒަރުންގެ ގޮތުގައި ހަމަޖެއްސުމަށް ގައުމީ މަޖިލީހަށް ހުށަހެޅުމުން، އެ ހުށަހެޅުމަށް ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 61 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.

މިރޭގެ ޖަލްސާގައި މި ނިންމުމުގެ އިތުރުން، ޕާޓީގެ ހިންގުމަށް މުހިންމު ބަދަލެއް ގެނައުމަށްވެސް ވަނީ ފާސްކޮށްފައެވެ. އެގޮތުން، ކުރީގެ ރައީސުން ޕާޓީގެ މެންބަރުކަމުގައި ދެމިތިއްބެވިހާ ހިނދަކު، އެ ބޭފުޅުންނަކީ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރުން ކަމުގައި ބެލުމަށް ވަނީ ނިންމާފައެވެ.

މި ބަދަލު ޕާޓީގެ އަސާސީ ގަވާއިދުގައި ހިމެނުމަށްޓަކައި ގެންނަންޖެހޭ އިސްލާހުތައް، ދެން އެންމެ އަވަހަށް ބޭއްވޭ ޕާޓީގެ ކޮންގްރެސްއަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށްވެސް މިރޭގެ ޖަލްސާގައި ވަނީ ކަނޑައަޅާފައެވެ.

މި ނިންމުންތަކަކީ ޕާޓީގެ ތަޖުރިބާކާރު އިސް ބޭފުޅުންގެ ލަފައާއި އިރުޝާދު ޕާޓީ ހިންގުމުގައި ހޯދުމަށާއި، ޕާޓީގެ އެތެރޭގެ ގުޅުން ވަރުގަދަކުރުމުގެ މަގްސަދުގައި ނިންމާފައިވާ ނިންމުންތަކެއް ކަމަށް އެމްޑީޕީން މައުލޫމާތުދެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
DSC_1135
އުމުރު ހަމަވާ އުޅަނދުތަކަށް އެކަށީގެންވާ ބަދަލެއް ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދޭނެ: ސަޢީދު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި