Saturday, 24 October 2026
Ads by

ރަށްރަށުގެ ކައުންސިލް ރައީސުންގެ ގޮނޑިތަކުން ޕީއެންސީ ކުރި ހޯދައިފި

ރަށްރަށުގެ ކައުންސިލް ރައީސުންގެ ގޮނޑިތަކުން ޕީއެންސީ ކުރި ހޯދައިފި

މިދިޔަ ހޮނިހިރު ދުވަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގެ ރަސްމީ ނަތީޖާ އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމުކޮށްފިއެވެ. މި ނަތީޖާތަކުން ދައްކާގޮތުގައި، ސިޓީތައް ފިޔަވައި ރަށްރަށުގެ ކައުންސިލް ރައީސުންގެ ގޮނޑިތަކުން އެންމެ ކުރި ހޯދާފައިވަނީ ވެރިކަންކުރާ ޕީއެންސީންނެވެ.

Ad Image
Ads by

އިލެކްޝަންސް ކޮމިޝަނުގެ ރަސްމީ ތަފާސްހިސާބުތަކަށް ބަލާއިރު، ރަށްރަށުގެ ކައުންސިލް ރައީސުންގެ ގޮނޑިތަކުގެ ތެރެއިން 74 ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފައިވެއެވެ. އިދިކޮޅު އެމްޑީޕީއަށް ލިބިފައިވަނީ 71 ގޮނޑިއެވެ. މި ދެ ޕާޓީގެ މެދުގައި ހުރީ އެންމެ ތިން ގޮނޑީގެ ތަފާތެވެ.

އިތުރު ޕާޓީތަކަށް ބަލާއިރު، އަމިއްލަ ގޮތުން ވާދަކުރެއްވި 31 ކެންޑިޑޭޓަކު ގޮނޑި ކާމިޔާބު ކުރެއްވިއިރު، އެމްޑީއޭއަށް 4 ގޮނޑި، ޖުމްހޫރީ ޕާޓީއަށް 1 ގޮނޑި އަދި ދަ ޑިމޮކްރެޓްސްއަށް 1 ގޮނޑި ވަނީ ލިބިފައެވެ. އެމްޑީއޭއިން ގޮނޑިތައް ހޯދާފައިވަނީ ނ. ކުޑަފަރީ، ދ. ހުޅުދެލި، ދ. ބަނޑިދޫ އަދި ދ. މީދޫންނެވެ. ޖުމްހޫރީ ޕާޓީއަށް އދ. މާމިގިލީގެ ގޮނޑި ލިބުނުއިރު، ޑިމޮކްރެޓްސްއަށް ގޮނޑި ލިބުނީ ވ. ތިނަދޫންނެވެ.

ޕީއެންސީން އެންމެ ބޮޑު ކާމިޔާބީއެއް ހޯދާފައިވަނީ ކ. އަތޮޅާއި އއ. އަތޮޅުންނެވެ. މިއިން ކޮންމެ އަތޮޅަކުން އެ ޕާޓީން 7 ގޮނޑި ނެގިއެވެ. އެމްޑީޕީއަށް ކ. އަތޮޅުން އެއްވެސް ގޮނޑިއެއް ލިބިފައި ނުވާއިރު، އއ. އަތޮޅުން އެ ޕާޓީއަށް ލިބުނީ އިންތިޚާބަކާ ނުލައި ކަށަވަރުވި އއ. ބޮޑުފޮޅުދޫގެ ގޮނޑި އެކަންޏެވެ. ކ. އަތޮޅުގެ ދިއްފުއްޓާއި ތުލުސްދޫގެ ގޮނޑި ކާމިޔާބު ކުރެއްވީ އަމިއްލަ ކެންޑިޑޭޓުންނެވެ.

މި ނަތީޖާއާއެކު 10 އަތޮޅެއްގެ ކައުންސިލް ރައީސުންގެ މެޖޯރިޓީ ޕީއެންސީން ހޯދިއިރު، 6 އަތޮޅެއްގެ މެޖޯރިޓީ ލިބުނީ އެމްޑީޕީއަށެވެ. އެމްޑީޕީން އެންމެ ގިނަ ގޮނޑި ހޯދީ ށ. އަތޮޅާއި ރ. އަތޮޅުންނެވެ. އެއީ ކޮންމެ އަތޮޅަކުން 8 ގޮނޑިއެވެ. މީގެ އިތުރުން ހދ، ނ، އަދި މ. އަތޮޅުންވެސް އެމްޑީޕީން ވަނީ ފާހަގަކޮށްލެވޭ ނަތީޖާއެއް ހޯދާފައެވެ.

ވޯޓުގެ އިންސައްތައަށް ބަލާއިރު، ސިޓީތައް ނުހިމަނައި ޕީއެންސީން 63,297 ވޯޓު (%44.24) ހޯދިއިރު، އެމްޑީޕީއަށް ލިބުނީ 51,340 ވޯޓު (%35.80) އެވެ. އަމިއްލަ ކެންޑިޑޭޓުންނަށް 25,815 ވޯޓު (%18) ލިބިފައިވެއެވެ.

ރަށްރަށުގެ ނަތީޖާ ޕީއެންސީއަށް ބުރަވި ނަމަވެސް، ސިޓީތަކުގެ މޭޔަރުން ހޮވުމުގައި ކުރި ހޯދާފައިވަނީ އެމްޑީޕީއެވެ. ފަސް ސިޓީގެ މޭޔަރުން ހޮވުމަށް ބޭއްވި އިންތިޚާބުގައި އެމްޑީޕީން 33,311 ވޯޓު ހޯދިއިރު، ޕީއެންސީއަށް ލިބިފައިވަނީ 20,107 ވޯޓެވެ. މިއީ 13,204 ވޯޓުގެ ބޮޑު ތަފާތެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި