Wednesday, 9 September 2026
Ads by

އެމްޑީޕީ އުނބަށް ޖެހުން: ވަކިކުރި 2 މީހުންގެ މަޤާމު އިޔާދަކޮށް، ޣަފޫރަށް އިތުބާރު އޮތްކަމަށް ނިންމައިފި

އެމްޑީޕީ އުނބަށް ޖެހުން: ވަކިކުރި 2 މީހުންގެ މަޤާމު އިޔާދަކޮށް، ޣަފޫރަށް އިތުބާރު އޮތްކަމަށް ނިންމައިފި

ނިމިދިޔަ ކައުންސިލް އިންތިޚާބަށްފަހު އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ތެރޭގައި އުފެދުނު ކޯޅުމުގެ ތެރެއިން ހުށަހެޅި އެޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންގޮސް އެ ޕާޓީގެ އިސް ދެ މަޤާމުން ޣަފޫރު ވަކިކުރި ދެ ބޭފުޅުންގެ މަޤާމު އަލުން އިއާދަކުރަން ނިންމައިފި އެވެ.

Ad Image
Ads by

އެމްޑީޕީގެ އެތެރޭގައި އުފެދުނު ކޯޅުމުގައި ޕާޓީގެ އަސާސީ ޤަވާއިދާ ޚިލާފަށް މަޤާމުން ވަކިކުރީ އެ ޕާޓީގެ ޑެޕިއުޓީ ލީޑަރުގެ ނައިބުގެ (އިދާރީ) މަޤާމުގައި ހުންނެވި އިބްރާހިމް ވަހީދު (އިބްރޭ) އާއި އެ ޕާޓީގެ ލީގަލް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު މައުރޫފް އެވެ.

އުސޫލާ ޚިލާފަށް އެ ދެ ބޭފުޅުން މަޤާމުން ވަކިކުރީ، ކައުންސިލް އިންތިޚާބުން އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދެއްކުމުގެ ފުރުސަތު ކުރީގެ ރައީސް މުހައްމަދު ނަޝީދުއަށް ނުދިނުމުން އުފެދުނު ނުތަނަވަސްކަމުގެ ތެރެެއިންނެވެ. އެ ހަމަނުޖެހުމުގެ ތެރެއިން ޣަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ހޯމަ ދުވަހު އެމްޑީޕީ ގައުމީ މަޖިލީސް އެއްވާންވެސް ވަނީ ނިންމާފައެވެ. އަދި 50 ސޮއި ހަމަކޮށް އެ މައްސަލަ ވަނީ ނަޝީދު ފެކްޝަނުން ޕާޓީއަށް ރަސްމީކޮށް ހުށަވެސް އަޅާފައެވެ. އެހެންނަމަވެސް އެ މައްސަލަތަކަށް ހައްލެއް ހޯދުމަށްޓަކައި އެމްޑީޕީގެ ލީޑަޝިޕްގައި ކުރެވުނު މަޝްވަރާތަކަށްފަހު، ޣަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިހާރު ނަގަން ނިންމާފައިވާކަމަށް ވެއެވެ. އަދި މިއާއިއެކު އެމްޑީޕީގެ އިސް މަޤާމުތަކުން ވަކިކުރި، މައުރޫފް އާއި އިބުރޭގެ މަގާމު އަލުން އިއާދަކުރަން ވެސް ވަނީ ނިންމާފައިކަމަށް އެޕާޓީން ”އެކިއެމްވީ“ އަށް މައުލޫމާތު ދެއްވި ބޭފުޅަކު ވިދާޅުވިއެވެ.

އެމްޑީޕީން މި ނިންމުން ނިންމާފައިވާއިރު، ރޭ ހިންނަވަރުގައި އޮތް ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ވަނީ އެމްޑީޕީގެ ހުރިހާ ލީޑަރުން އެކުގައި މަސައްކަތް ކުރެވޭނެ ގޮތެއް ހޯދިއްޖެ ކަމަށާއި އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް އެމްޑީޕީ ލީޑަރުން ތިބޭނީ އެކުގައި ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ ޕާޓީގެ އަމާޒަކީ އެއްވެސް ލީޑަރަކު ބާކީނުކޮށް، އެންމެން ގުޅިގެން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުން ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
DSC_1135
އުމުރު ހަމަވާ އުޅަނދުތަކަށް އެކަށީގެންވާ ބަދަލެއް ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދޭނެ: ސަޢީދު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި