Wednesday, 9 September 2026
Ads by

ޙުރުމަތްތެރިވެގެންވާ މައްސަރުތަކުގައި ކުރާ ހެޔޮ އަމަލުތަކުގެ ދަރުމައާއި ޘަވާބު އިތުރު: ޚުޠުބާ

ޙުރުމަތްތެރިވެގެންވާ މައްސަރުތަކުގައި ކުރާ ހެޔޮ އަމަލުތަކުގެ ދަރުމައާއި ޘަވާބު އިތުރު: ޚުޠުބާ

ޙުރުމަތްތެރިވެގެންވާ މައްސަރުތަކުގައި ކުރާ ހެޔޮ އަމަލުތަކުގެ ދަރުމައާއި ޘަވާބު އިތުރުވާ ކަމަށާއި، ހަމަ އެފަދައިންކުރާ ފާފައިގެ ފާފަވެރިކަން ބޮޑުކުރައްވާފައިވާ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

Ad Image
Ads by

”ޙުރުމަތްތެރިވެގެންވާ މައްސަރުތައް“ މި މައުޟޫއަށް އިއްވި ޚުޠުބާގައި ވިދާޅުވީ އަހަރުގެ މައްސަރުތަކުގެ ޢަދަދަކީ، ﷲގެ ޙަޟުރަތުގައި ބާރަ މަސް ކަމަށާއި، އޭގެ ތެރެއިން، ހަތަރު މަ ޙުރުމަތްތެރިވެގެންވާ ކަމަށެވެ.

ޙުރުމަތްތެރިވެގެންވާ 4 މައްސަރަކީ ވިދިވިދިގެން އަންނަ ތިން މަސް ކަމުގައިވާ ޛުލްޤަޢިދާ މަހާއި، ޛުލްޙިއްޖާ މަހާއި، މުޙައްރަމް މަހެވެ. އަދި ޖުމާދަލް އާޚިރާއާއި ޝަޢުބާން މަހާ ދެމެދުގައި އަންނަ މުޟަރުވަންހައިގެ މީހުން ކަމޭހިތި ރަޖަބު މަހެވެ. ޙުރުމަތްތެރިވެގެންވާ މި 4 މައްސަރުގައި ކުރާ ހެޔޮ އަމަލުތަކުގެ ދަރުމައާއި، ޘަވާބު އިތުރުވާއިރު ކުރާ ފާފައިގެ ފާފަވެރިކަންވެސް ބޮޑުވެގެންވާ ކަމަށް ވިދާޅުވިއެވެ.

”ފާފަތަކަށް އަރައިގަތުމުން ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކަށް އަނިޔާވެރި ނުވުމަށް މާތް الله އަންގަވައިފައިވަނީ އަހަރުގެ ބާރަ މަސް ދުވަހުގައެވެ. ފަހެ މީގެ ތެރެއިން ހަތަރު މަސް ޚާއްޞަކުރައްވައި ހުރުމަތްތެރިކުރައްވައި މަތިވެރި ކުރެއްވިއެވެ. އަދި އެ މައްސަރުތަކުގައި ކުރާ ފާފައިގެ ފާފަވެރިކަން ބޮޑު ކުރެއްވިއެވެ. އަދި ހެޔޮ ޢަމަލުތަކުގެ ދަރުމައާއި ޘަވާބު އިތުރު ކުރެއްވިއެވެ.“ ޚުޠުބާގައި ވިދާޅުވިއެވެ.

އަމިއްލަ ނަފުސަށް އަނިޔާވެރިވުމަކީ، މާތް ﷲ ޙަރާމް ކުރައްވައިފައިވާ ކަންކަމަށް އަރައިގަނެ ފާފަވެރި ޢަމަލުތައްކުރުން ކަމަށް ޚުޠުބާގައި ވަނީ ވިދާޅުވެފައެވެ. ފަހެ ކޮންމެ ޒަމާނެއްގައި ވެސް އަދި ކޮންމެ ވަގުތެއްގައި ވެސް މި ފަދަ ކަމަކަށް އަރައިގަތުމަކީ، މާތް ﷲގެ ކޯފާ ޙައްޤުވާނޭ ކަމެކެވެ. ވަކިން ޚާއްޞަކޮށް ޙުރުމަތްތެރިވެގެންވާ މައްސަރެއްގައި މިފަދަ ކަމަކަށް އަރައިގަތުމުގެ ނުބައިކަން ބޮޑުވެގެންވާ ކަމަށް ޚުޠުބާގައި ވިދާޅުވެފައިވެއެވެ. އެއީ އެފަދަ ޢަމަލަކީ، މާތް ﷲއަށް އުރެދުމާއެކު، އެކަލާނގެ ޚާއްޞަކުރައްވައި މަތިވެރި ކުރައްވައި ޙުރުމަތްތެރި ކުރައްވައިފައިވާ ކަންކަމުގެ ޙުރުމަތް ކަނޑައި އެ ކަންކަމަށް އިހާނަތްތެރިކޮށް ހިތުން ކަމުގައި ވާތީއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
DSC_1135
އުމުރު ހަމަވާ އުޅަނދުތަކަށް އެކަށީގެންވާ ބަދަލެއް ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދޭނެ: ސަޢީދު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި