Wednesday, 9 September 2026
Ads by

ހަނގުރާމައާ ގުޅިގެން ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތައް އެމްޕީއެލްއިން ވެސް އަޅަނީ

ހަނގުރާމައާ ގުޅިގެން ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތައް އެމްޕީއެލްއިން ވެސް އަޅަނީ

އެމްޕީއެލްއިން ހިންގާ މާލޭ ނޯތު ހާބަރު--- ފޮޓޯ: އެކި އެމްވީ

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަން ނިންމައިފިއެވެ.

Ad Image
Ads by

އެމްޕީއެލްއިން މިކަން ހާމަކޮށްފައިވަނީ މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ. އެ ނޫސްބަޔާނުގައި އެމްޕީއެލްއިން ވަނީ ޚަރަދު ކުޑަކުރުމަށް އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތަފްޞީލް ހާމަކޮށްފައެވެ. ޚަރަދު ކުޑަކުރުމުގެ ގޮތުން އެމްޕީއެލްއިން އަޅަން ނިންމާފައިވާ ބައެއް ފިޔަވަޅުތަކުގެ ތެރޭގައި:

  • ޝިފްޓް އުޞޫލުން މަސައްކަތްނުކުރާ އިދާރީ މުވައްޒަފުންގެ ރަސްމީ މަސައްކަތުގެ ގަޑި ކުރުކުރުން
  • އޮަޕަރޭޝަނަލް ޝިފްޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތުގެ ގަޑި ދުވާލަކު 8 ގަޑިއިރަށްވުރެ އިތުރުނުކުރުން
  • ރާއްޖެއިން ބޭރަށް ކޮންމެހެން ކުރަންޖެހޭ ރަސްމީ ދަތުރުތައް ފިޔަވައި އެހެން ދަތުުރުތައް ކުރުން ހުއްޓާލުން
  • ބޭރުގެ ފަރާތްތަކުން ދަތުރުގެ ހުރިހާ ޚަރަދެއް ހަމަޖައްސާ ދަތުރުތަކުގައި ވެސް އެ ކުންފުނިން ކުރާ ޚަދަރުތައް ވީހާވެސް ކުޑަކުރުން
  • ރާއްޖެއިން ބޭރުގައި ތިބި ކަސްޓަމަރުންނާއި ސްޕްލަޔަރުންނާއެކު އޮންލައިންކޮށް ބައްދަލުވުންތައް ބޭއްވުން
  • ރާއްޖެއިން ބޭރަށް މުވައްޒަފުން ފޮނުވައިގެން ކުރިއަށްގެންދާ ޓްރެއިނިންގތައް ހުއްޓާލައި، އޮންލައިންކޮށް މިފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވުން
  • މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް 2026 ފަސްކުރުން. މި ކޮންފަރެންސް މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ އޮކްޓޯބަރ މަހުގެ 5 ވަނަ ދުވަހު
  • ކަރަންޓުގެ ޚަރަދު ކުޑަކުރުން
  • ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށް ޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުމާއި، ކަރަންޓު އިސްރާފު ކުޑަކުރެވޭނެ އާދަތަކަށް މުވައްޒަފުންގެ އަޙުލުވެރިކުރުމަށް ހަރަކާތްތަކެއް ހިންގުން.

ޚަރަދު ކުޑަކުރުމަށް އޮަޕަރޭޝަނަލް ޝިފްޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތުގެ ގަޑި ދުވާލަކު 8 ގަޑިއިރަށްވުރެ އިތުރުނުކުރުމަށް ނިންމާފައިވީ ނަމަވެސް، މުދާ ބޭލުމާއި މުދާ ކްލިއަރކުރުމުގެ މަސައްކަތްތައް ހިނގާ ވަގުތުތަކަށް އެއްވެސް ބަދަލެއް އެމްޕީއެލްއިން ގެނެސްފައެއް ނުވެއެވެ. މި ބަދަލާއެކު ވެސް، މުދާ ބޭލުމާއި މުދާ ކްލިއަރކުރުމުގެ ޚިދުމަތް މިހާރެކޭ އެއްގޮތަށް ލިބޭނެކަމުގެ ޔަޤީންކަން އެކުންފުނިން ވަނީ ދީފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި