Wednesday, 9 September 2026
Ads by

މިއަހަރު ނިމުމުގެ ކުރިން ތިނަދޫ ސިޓީގައި އެމްއާރްއައިގެ ޚިދުމަތް ފަށަނީ

މިއަހަރު ނިމުމުގެ ކުރިން ތިނަދޫ ސިޓީގައި އެމްއާރްއައިގެ ޚިދުމަތް ފަށަނީ

ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް (އޭއެސްއެމްއެޗް) ގައި މިއަހަރުގެ ތެރޭގައި އެމްއާރްއައިގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް އެ ހޮސްޕިޓަލުގެ ސީއީއޯ އަހުމަދު އަޝްރަފް ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އަޝްރަފް ވިދާޅުވީ، ތިނަދޫގައި އެމްއާރްއައިގެ ޚިދުމަތް ޤާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއް ކަމަށާއި، އެ މަސައްކަތް މިހާރު ބާރު މިނުގައި ކުރިއަށްދާ ކަމަށެވެ.

އެގޮތުން، އެމްއާރްއައި މެޝިން ބެހެއްޓުމަށް ހަވާލުކުރެވުނު ކުންފުނިން މިހާރު ތިނަދޫއަށް ޒިޔާރަތްކޮށް، ސައިޓް ބަލާފައިވާ ކަމަށާއި، ރަސްމީކޮށް އެ ސައިޓް އެ ފަރާތާ ހަވާލުކުރުމުގެ ލިޔުންތައް ވެސް މިހާރު ވަނީ ފޮނުވާފައެވެ.

”އަޅުގަނޑުމެން ޤަބޫލުކޮށްގެން މިތިބީ މިއަހަރުގެ ފަހު ކުއާޓަރގައި އެމްއާރްއައިގެ ޚިދުމަތް ތިނަދޫގައި ފެށިގެންދާނެ ކަމަށް،“ އަޝްރަފް ވިދާޅުވިއެވެ.

މީގެ އިތުރުން، އެ ހޮސްޕިޓަލުގައި ހައިޕަރބެރިކް ޗެމްބަރއެއް (ޑީކޮމްޕްރެޝަން ޗެމްބަރ) ބެހެއްޓުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަޝްރަފް ވިދާޅުވީ އެމްއާރްއައިގެ ޚިދުމަތަށްވުރެ ވެސް ކުރިން، މިއަހަރުގެ ތެރޭގައި ހައިޕަރބެރިކް ޗެމްބަރގެ ޚިދުމަތް އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި 2026 ވަނަ އަހަރު ނިމުމުގެ ކުރިން މި ދެ ޚިދުމަތް ވެސް ފުރިހަމައަށް ރައްޔިތުންނަށް ލިބިގެންދާނެ ކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.

ރާއްޖޭގެ ސިއްޙީ ދާއިރާ ހަރުދަނާކޮށް، އަތޮޅުތަކުގެ ހޮސްޕިޓަލްތަކުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ތިނަދޫ ހޮސްޕިޓަލުގެ ޢުމްރާނީ ތަރައްޤީއާއި ޚިދުމަތްތައް ފުޅާކުރުމަށް ގިނަ މަޝްރޫޢުތަކެއް އަންނަނީ ހިންގަމުންނެވެ. މި ބަދަލުތަކާއެކު، ދެކުނުގެ ރައްޔިތުން ސިއްޙީ ފަރުވާއަށް މާލެއަށް ކުރަންޖެހޭ ދަތުރުތައް މަދުވެ، ފަސޭހަކަމާއެކު ޚިދުމަތް ލިބިގެންދާނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި