Wednesday, 9 September 2026
Ads by

ކައުންސިލް އިންތިޚާބުގައި ނަޝީދު މަސައްކަތްކުރީ އެމްޑީޕީއާ ދެކޮޅަށް: ޣަފޫރު

ކައުންސިލް އިންތިޚާބުގައި ނަޝީދު މަސައްކަތްކުރީ އެމްޑީޕީއާ ދެކޮޅަށް: ޣަފޫރު

ނިމިދިޔަ ލޯކަލްކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި ރައީސް ނަޝީދު މަސައްކަތްކުރެއްވީ އެމްޑީޕީއާއި ދެކޮޅަށްކަމަށް ދޭހަވާ މޭރުމަކުން އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ވާހަކަ ދައްކަވައިފިއެވެ.

Ad Image
Ads by

އެމްޑީޕީގެ ތެރޭގައި ކޯޅުން ބޮޑުވެފައިވަނިކޮށް ސޯޝަލްމީޑިއާގައި ޣަފޫރުގެ ވީޑިއޯއެއް ދަނީ ދައުރުވަމުންނެވެ. އެވީޑިއޯގައި ޣަފޫރު ވިދާޅުވީ މި ހަމަނުޖެހުމުގެ އަސްލަކީ ނަޝީދު ކަމަށެވެ. އެގޮތުން ނިމިދިޔަ އިންތިޚާބުގެ ކެމްޕޭނަށް ބޮޑެތި ސިޓީތަކަށް ވަޑައިގަންނަވަން ދަޢުވަތު ދެއްވީމާވެސް ނަޝީދު އެކަމަށް އިންކާރު ކުރެއްވި ކަމަށާއި، ދިމާލަށް ނުދާނަމޭ ވިދާޅުވީކަމަށް ޣަފޫރު ތަފްސީލު ކޮށްދެއްވިއެވެ.

”ރާއްޖޭގެ ބޮޑެތި ސިޓީތަކަށްދާން ރައީސް ނަޝީދަށް ދަޢުވަތުދީފަ ހުރިހާ ލީޑަރުން އެއްކޮށް ދާންވެގެން ޕްރޮގްރާމް ހަދާފަ ދިނިން. ރައީސް ނަޝީދު އަޅުގަނޑުމެންނާ އެއްކޮށް ނުވަޑައިންނެވީ، ނުދާނެމޭ ބުނެ ނުދިޔައީ“ ޣަފޫރު ވިދާޅުވިއެވެ.

ރައީސް ނަޝީދު އެކުގައި ވަޑައިނުގަތުމުން އެމްޑީޕީ ލީޑަރޝިޕުން އައްޑޫސިޓީ އާއި އެހެނިހެން ސިޓީތަކަށް ވަޑައިގެންނެވުމަށްފަހު އެނބުރި މާލެ ވަޑައިގަތުމުން އެތަންތަނުން ފެނުނު ޖޯޝާއި ފޯރި (ކްރައުޑް) ފެނިވަޑައިގެން ނަޝީދު ފަހުން އަމިއްލައަށް ވަޑައިގަތީ ކަމަށްވެސް ޣަފޫރު ވިދާޅުވިއެވެ.

ޙަޤީޤަތަކީ މިއީ ކަމަށާއި، އެމްޑީޕީ މިއަދު އެއްގަލަކަށް އަރައިގެން މަސައްކަތްކުރަން ޖެހޭކަމަށް ޣަފޫރު ވިދާޅުވިއެވެ. މިއާއިއެކު ޣަފޫރުވަނީ ނަޝީދުއަށް ތުހުމަތެއްވެސް ކުރައްވާފައެވެ.

އޭނާ ވިދާޅުވީ މާލޭގެ މޭޔަރުކަމާއި، ގޮނޑިތަކަށް ހޮވުނު ކެންޑިޑޭޓުންނާއެކު ދޮރުންދޮރަށް ޙަރަކާތުގައި ބައިވެރިވެދިނުމަށް އެދި ރައީސް ނަޝީދުގެ އަރިހުގައި އާދޭސްކުރިނަމަވެސް އެކަމަށް އިންކާރުކުރެއްވީ ކަމަށެވެ. އަދި ކުރީގެ ރައީސް ޔާމީނުގެ ތާއީދާއެކު މާލޭގެ މޭޔަރުކަމަށް އަމިއްލަގޮތުން ވާދަކުރެއްވި އިސްމާއިލް ޒަރިޔަންދުއަށް ލިބުނު ވޯޓަކީ ޔާމީނުގެ ވޯޓު ނޫންކަމަށާއި، އެކަންވީގޮތް އެމްޑީޕީ މީހުންނަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށްވެސް ޣަފޫރު ވިދާޅުވިއެވެ. ބެލެވޭ ގޮތުގައި ޣަފޫރު އެވިދާޅުވީ ޒަރިޔަންދުއަށް ނަޝީދުގެ ސަޕޯޓަރުންގެ ވޯޓު ލިބުނު ވާހަކައެވެ. ކައުންސިލް އިންތިޚާބުގައި ޔާމީންވެސް ވަނީ ނަޝީދު އެދޭފަދައިން ނަޝީދުގެ ތަސައްވުރަށް ތާއީދު ކުރާކަން ހާމަކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

ޣަފޫރު މިމޭރުމުން ވާހަކަ ދެއްކެވިނަމަވެސް، ނިމިދިޔަ އިންތިޚާބުގައި އެމްޑީޕީއަށް ތާއީދު ހޯދުމަށް ނަޝީދުވެސް ކެމްޕޭނު ޙަރަކާތްތަކުގައި ވަރަށް ބޮޑަށް އުޅުއްވި މަންޒަރު ފެނިގެން ދިޔައެވެ. އެހެންނަމަވެސް އިންތިޚާބުގައި ރަނގަޅު ނަތީޖާއެއް އެމްޑީޕީއަށް ލިބުމާއެކު، ނަޝީދު ފެޔަށް ޖެއްސީ ކަމަށާއި، މިކަމުގައި ޣަފޫރު އިސްކުރެއްވީ ވަކިބައެއްގެ މަސްލަޙަތުކަމަށްބުނެ އެމްޑީޕީގެ އާންމު މެންބަރުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ. މި ކޯޅުންގަނޑުގެ ތެރެއިން އެމްޑީޕީގެ އިސް 2 މެންބަރަކު ޕާޓީގެ މަޤާމުންވެސް ވަނީ ވަކިކޮށްފައެވެ.

މިކަމާއި ގުޅިގެން އެމްޑީޕީގެ ބައެއް އިސް މެންބަރުން ވަނީ ވަގުތީ ޗެއާޕާސަން ޣަފޫރު ގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ޕެޓިޝަނުގައި 55 މެމްބަރުން ސޮއިކޮށް، އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވައި ދިނުމަށް އެދި ހުށަހަޅައިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
DSC_1135
އުމުރު ހަމަވާ އުޅަނދުތަކަށް އެކަށީގެންވާ ބަދަލެއް ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދޭނެ: ސަޢީދު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި