Wednesday, 9 September 2026
Ads by

އެމްޑީޕީ އިންތިޚާބު ކާމިޔާބުކުރީ ވަކި ބަޔަކު އެނބުރިއައިސްގެން ނޫން: ނަޒީހާ

އެމްޑީޕީ އިންތިޚާބު ކާމިޔާބުކުރީ ވަކި ބަޔަކު އެނބުރިއައިސްގެން ނޫން: ނަޒީހާ

ނަޒީހާ އަޙްމަދު---

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި އިދިކޮޅު އެމްޑީޕީއަށް ކާމިޔާބީ ލިބުނީ ވަކި ބަޔަކު އެ ޕާޓީއަށް އެނބުރިއައިސްގެން ނޫންކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުގެ ކޮއްކޮ, ނަޒީހާ އަޙްމަދު ބުނެފިއެވެ.

Ad Image
Ads by

ނަޒީހާ މި ބީދައިން ބުނެފައިވަނީ އެކްސްގައި ޙިއްޞާކުރި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ނަޒީހާ ބުނެފައިވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި އެމްޑީޕީއަށް ކާމިޔާބީ ލިބުނީ އެމްޑީޕީގެ މެންބަރުން އެކުގައި ނިކުމެ ކުރި ބުރަ މަސައްކަތުގެ ސަބަބުން ކަމަށެވެ. އެއީ ވަކި ބަޔަކު އެނބުރި އެމްޑީޕީއާ ގުޅުމުން ވީކަމެއް ނޫންކަމަށް އޭނާ ބުންޏެވެ.

މިކަމާ ގުޅިގެން ނަޝީދުގެ ސަޕޯޓަރުން އަންނަނީ ނަޒީހާއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަހީދު (ވައްޑެ) ވަނީ ނަޒީހާއަށް ވަރުގަދަ ރައްދެއް ދެއްވައިފައެވެ. ނަޒީހާއަށް ރައްދުދެއްވަމުން ވައްޑެ ވިދާޅުވެފައިވަނީ އިންތިޚާބުން އެމްޑީޕީއަށް ކާމިޔާބީ ލިބުނީ ހުރިހާ ”ރޯލަޔަސް“ ގޭގައި ނުތިބެ މުޅި ރާއްޖޭގައި ކުރި އާދަޔާ ޚިލާފު ބުރަ މަސައްކަތުގެ ސަބަބުން ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ކުރީގެ ރައީސް ޞާލިޙް އާއި ކުރީގެ ރައީސް ނަޝީދުގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެ ޕާޓީ ތެރޭގައި ބައިބައިވުން އުފެދުމާ ގުޅިގެން ރައީސް ނަޝީދުއާއި އޭނާގެ ސަޕޯޓަރުން ވަނީ ”ދަ ޑިމޮކްރެޓްސް“ ގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފައްދަވައިފައެވެ. އެއަށް ފަހު ޑިމޮކްރެޓްސް ޕާޓީއާއި ގުޅިވަޑައިގެން ރައީސް ނަޝީދު ވަނީ އެމްޑީޕީ ”ރޫޅާލާނަން“ ކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދު އެމްޑީޕީން ވަކިވެ އެހެން ސިޔާސީ ޕާޓީއަކާ ގުޅިވަޑައިތުމުގެ ސަބަބުން އެމްޑީޕީއަށް ވަނީ އިންތިޚާބުތަކުން ބައްޔާއި ކުރިމަތިލާންޖެހިފައެވެ. އެގޮތުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި 2024 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީ ވަނީ ބޮޑުތަނުން ބަލިވެފައެވެ. ނަމަވެސް އެމްޑީޕީއާ އަލުން ގުޅިވަޑައިގެން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ރައީސް ނަޝީދު ކުރެއްވި ބުރަ މަސައްކަތުގެ ސަބަބުން އެ ޕާޓީ ހީނުކުރާ ވަރުގެ ކާމިޔާބީއެއް ވަނީ ލިބިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި