Saturday, 24 October 2026
Ads by

އެމްޑީޕީ ލޯގޯގައި އިންނަންވީ ތިލަފަތެއްނޫން، ފޯއްކިބައެއް: ޝުޖާއު

އެމްޑީޕީ ލޯގޯގައި އިންނަންވީ ތިލަފަތެއްނޫން، ފޯއްކިބައެއް: ޝުޖާއު

އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ލޯގޯގައި އިންނަންވީ ތިލަފަތެއްނޫން ކަމަށާއި ލޯގޯގެ ގޮތުގައި އިންނަންވީ ފޯއްކިބައެއް ކަމަށް ރައްޔިތުންގެ މަޖްލީހުގެ ބާރްށު ދާއިރާގެ މެންބަރު އަދި ސަރުކާރު ހިންގާ މައިޕާޓީ ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ބެލެވޭ ގޮތުގައި ޝުޖާއު މިފަދައިން ވިދާޅުވީ އެމްޑީޕީ އެތެރޭގައި މިވަގުތު ހިނގަމުންދާ ބޭ އިންސާފާއި، ނުޙައްޤު އަނިޔާއާއި އަމިއްލަ އެދުންތަކުގެ މައްޗަށް އިޝާރާތްކުރައްވަމުންނެވެ. އެއީ އެޕާޓީގެ ރައީސް ގަފޫރަކީ ވަރަށް ދުފުމަށް ލޯބިކުރައްވާ ފަރާތަކަށްވެފައި ނުޙައްޤުން އެމްޑީޕީގެ މެންބަރުންނަށް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާއި ގުޅިގެން މަޖާޒީ ގޮތުން ވިދާޅުވޖ އެއްޗެއްކަމަށް ބެލެވެއެވެ.

އެގޮތުން ނިމިދިޔަ ކައުންސިލް އިންތިޚާބުން ހޯދި ރަނގަޅު ނަތީޖާއަކީ އެމްޑީޕީގެ ކުރީގެ ރައީސް ނަޝީދުއާއި ގުޅިގެން ހޯދި ކާމިޔާބީއެއްކަން ހަނދާން ނައްތާލާ ކަޟިޔާބީ ފާހަގަކުރަން ބޭއްވި ޖަލްސާގައި އެމްޑީޕީގެ ލީޑަރޝިޕުން ރައީސް ނަޝީދަށް ވާހަކަދެއްކުމުގެ ފުރުޞަތު ނުދޭން ނިންމާފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސީދާ އެންގުމުގެ މަތިން ކަމަށްވެއެވެ. ސަބަބަކީ އަލުން ނަޝީދުގެ މަޤުބޫލުކަން އިތުރުވާން ފެށުންކަމަށް ގިނަބަޔަކު ދެކެއެވެ.

މިކަމުގެ ސަބަބުން އެ ޕާޓީގެ ގިނަ މެންބަރުންތަކެއް ވަނީ ރޭގެ ޖަލްސާ ބޮއިކޮޓްކޮށް ސޯޝަލްމީޑިއާގައި ކޯޅުން ފަށާފައެވެ. އެ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، މި ފަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީއަށް ކާމިޔާބީ ލިބިފައިވަނީ ރައީސް ނަޝީދު ކުރެއްވި ބުރަ މަސައްކަތުގެ ސަބަބުން ކަމަށެވެ.

މި ޖަލްސާގައި ވާހަކަ ދައްކަން ފުރުޞަތު ނުދިނުމުގެ ސަބަބުން ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ ނުރަސްމީ އެކްސް އެކައުންޓުގައި ޕޯސްޓެއް ޙިއްޞާކުރައްވައިފައެވެ. އެ ޕޯސްޓުގައި އެމަނިކުފާނު ވިދާޅުވީ، ”މި އުފާވެރި ރޭގައި ވަރަށް ހިތްދަތިވެއްޖެ“ ކަމަށެވެ. ވާހަކަދައްކަވަން ފުރުޞަތު ނުދިނުމުގެ ސަބަބުން ރައީސް ނަޝީދު އެ ޖަލްސާއަށް ވަޑައިގެންފައެއް ވެސް ނުވެއެވެ.

މިކަން މިހެން ހިނގާފައިވާއިރު ފާހަގަކޮށްލަންޖެހޭ ކަމަކީ، ކައުންސިލް އިންތިޚާބަށް ފަހު އެމްޑީޕީގެ ތެރޭގައި އަނެއްކާ ވެސް ދެބަސްވުން އުފެދި، ޕާޓީ ތެރޭގައި ބައިބައިވުން އުފެދިފައިވާ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި