Wednesday, 9 September 2026
Ads by

ސިޔާސީ ތަޖުރިބާކާރު އަބްދުއްރަހީމްގެ އުފަން ރަށް ފޮނަދޫގެ 10 ގޮނޑިވެސް ޕީއެންސީއަށް!

ސިޔާސީ ތަޖުރިބާކާރު އަބްދުއްރަހީމްގެ އުފަން ރަށް ފޮނަދޫގެ 10 ގޮނޑިވެސް ޕީއެންސީއަށް!

ލ. ފޮނަދޫ ކައުންސިލަށް އަލަށް އިންތިޚާބުވި ޕީއެންސީ ޓީމް.. ފޮޓޯ / ޕީއެންސީ ފޮނަދޫ

މިފަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި ސިޔާސީ ތަޖުރިބާކާރު އަބްދުއްރަހީމް (ބަނަފްސާ) ގެ އުފަން ރަށް ލ. ފޮނަދޫ ކައުންސިލްގެ ހުރިހާ ގޮނޑިތަކެއް ވެރިކަން ކުރާ ޕީއެންސީ އިން ކާމިޔާބު ކޮށްފިއެވެ.

Ad Image
Ads by

އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިޢުލާނުކޮށްފައިވާ ވަގުތީ ނަތީޖާތަކަށް ބަލާއިރު، ފޮނަދޫ ކައުންސިލްގެ 5 ގޮނޑި އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ 5 ގޮނޑިއާއެކު، ޖުމްލަ 10 ގޮނޑި ވެސް ކާމިޔާބުކުރީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ކެންޑިޑޭޓުންނެވެ.

925 ވޯޓުން ފޮނަދޫ ކައުންސިލްގެ ރައީސަކަށް އިންތިޚާބުވެވަޑައިގަތީ ޕީއެންސީގެ ކެންޑިޑޭޓު އަހުމަދު ރިޔާޒެވެ. އޭނާއާ ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓު އިބްރާޙިމް އަހުމަދަށް ލިބިވަޑައިގަތީ 465 ވޯޓެވެ. މިއާއިއެކު ކައުންސިލްގެ ދެ ގޮނޑިއަށް އިންތިޚާބުވެވަޑައިގަތީ ޕީއެންސީގެ ކެންޑިޑޭޓު އަބްދުލްރައޫފު ޔޫސުފާއި ޕީއެންސީގެ ކެންޑިޑޭޓު އަހުމަދު މަމްދޫހެވެ. އަދި ފޮނަދޫގެ އަންހެނުންގެ ޚާއްޞަ ގޮނޑިއަށް އިންތިޚާބުވެވަޑައިގެންފައި ވަނީ ޕީއެންސީގެ ކެންޑިޑޭޓު ވަރުދާ ހުސެއިނާއި އައިޝަތު އަޒީމާއެވެ.

މީގެ އިތުރުން ފޮނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސް ކަމަށް އިންތިޚާބުވެވަޑައިގަތީ ޕީއެންސީގެ ކެންޑިޑޭޓް އައިޝަތު ރިޝްމާއެވެ. އަދި ކޮމިޓީގެ މެމްބަރުންގެ ގޮތުގައި އިންތިޚާބުވެވަޑައިގަތީ އައިމިނަތު ރާފިއާ، ޝަކީލާ އަލީ، އައިޝަތު ޒޫނާ އަދި މަލަކާ މޫސާއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި