Wednesday, 9 September 2026
Ads by

ވަޠަނީ ޚިދުމަތުގެ ތިންވަނަ ބުރުގައި ބައިވެރިވުމުގެ މުއްދަތު އިތުރު ކޮށްފި

ވަޠަނީ ޚިދުމަތުގެ ތިންވަނަ ބުރުގައި ބައިވެރިވުމުގެ މުއްދަތު އިތުރު ކޮށްފި

ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ތިން ވަނަ ބުރަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ މުއްދަތު އިތުރު ކޮށްފިއެވެ.
ދިފާއީ ވުޒާރާއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ ވަޠަނީ ޚިދުމަތުގެ ތިން ވަނަ ބުރުގައި ބައިވެރި ވުމުގެ ސުންގަޑި އެޕްރީލް ހަތް ވަނަ ދުވަހުގެ 14:00 އަށް އިތުރު ކޮށްފައިވާ ކަމަށެވެ.

Ad Image
Ads by

ޑިފެންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، މި ޕްރޮގްރާމަށް އުމުރުން 16 އަހަރު ފުރި 28 އަހަރު ނުފުރޭ ފުރިހަމަ ސިއްހަތެއްގައި ހުރި ފަރާތްތަކަށް ކުރިމަތިިލެވޭނެ ކަމަށެވެ.

‏ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް (މޯލްޑިވްސް ނޭޝަނަލް ސަރވިސް) ގައި ބައިވެރިވުމަށް އެދޭ ފޯމު ޑައުންލޯޑުކޮށް މުއްދަތު ހަމަވުމުގެ ކުރިން ހުށަހެޅުމަށް މިނިސްޓްރީން ވަނީ ހަނދާންކޮށްދީފައެވެ.

ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަކީ ދިވެހިރާއްޖޭގައި މުޅިން އަލަށް ފައްޓަވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ، އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތުން ބިނާކޮށް މަސައްކަތަށް އަހުލުވެރިކޮށް އަޚުލާޤު ރަނގަޅު ހަރުދަނާ ޒުވާނުން ބިނާކުރެއްވުމުގެ މަޤްޞަދުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފެއްޓެވި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަށް ވަރަށްގިނަ ޒުވާނުންނާއި ބެލެނިވެރިން އަދި ރައްޔިތުންގެ ތާއީދު ބޮޑެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ ބެޗުން، ބެޗުން 344 ޒުވާނުން ތަމްރީނުވެ މިދިޔަ އަހަރުގެ ޑިސެމްބަރު 28 ވަނަ ދުވަހު ދަސްވެނިވެފައި ވެއެވެ.

ފުރަމަ ބެޗުގެ ތަމްރީނަށްފަހު ހޮވުނު 65 ކުދިންގެ ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުތައް މި އަހަރުގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ބ.އަތޮޅު ކިހާދޫގެ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރުގައި ދަނީ ކުރިއަށެވެ. އަދި ފަންނީ ތަމްރީނަށް ނުހޮވުނު 241 ޒުވާނަކަށް ސަރުކާރުން ވަޒީފާ ހަމަޖައްސައިދީފައިވެއެވެ.

ތިން މަސް ދުވަހުގެ މި ޕްރޮގްރާމްގެ ތަމްރީން ފެށުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ މެއި މަހުގެ ފަހު ހަފުތާގެ ތެރޭގައެވެ.

ތަމްރީނު ހިންގާނީ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރު ޅ.މާފިލާފުށިގައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި