އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ކޮށްފައިވާ ޓުވީޓެއްގައި ބަޔާންކޮށްފައިވާ ގޮތުން އެޤައުމުން ވަނީ، އީރާނަށް ބޮން އަޅަމުން ދަނިކޮށް އީރާނުގެ ރެވޮލިއުޝަނަރީ ގާޑުން ދިން ހަމަލާއެއްގައި ޖެޓަށް ގެއްލުންވެ ވައިކުޑައިގައި ފުއްމާލި، 2 އެމެރިކާ ޕައިލެޓުން ސަލާމަތްކޮށްފައެވެ.
— U.S. Central Command (@CENTCOM) April 5, 2026
އީރާނުގެ އެތެރަށް އެމެރިކާ ސިފައިން ފައިބައި، އެދެސިފައިން ސަލާމަތްކުރުމަށް ހިންގާފައިވާ މި އޮޕަރޭޝަނަކީ އީރާނާއި އެމެރިކާގެ ދެމެދު ހަނގުރާމަ ފެށުނުފަހުން މިހާތަނަށް ރަސްމީ ގޮތެއްގައި އެމެރިކާ ސިފައިން އީރާނުގެ އެތެރޭގެ ސަރަހައްދުތަކުގައި ބިމުގެ މަގުން ހަރަކާތްތެރިވެފައިވާ ފުރަތަމަ ފަހަރެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އެ ދެ އެމެރިކާ ސިފައިން ހޯދުމަށް އީރާނުން އެސަރަހައްދުގައި ދިރިއުޅޭ ޤަބީލާތަކުގެ މީހުންނަށް ފައިސާގެ އިނާމު ހުށަހެޅުމުންވެސް ވަނީ އެމީހުން ހޯދުމުގައި ނާކާމިޔާބުވެފައެވެ.











