Wednesday, 9 September 2026
Ads by

އިންތިޚާބުތަކުގެ ނަތީޖާއާއެކު ވެސް ރައީސް ދެއްކެވީ ޑިމޮކްރަސީގެ ރިވެތި ނަމޫނާ: ޝިޔާމް

އިންތިޚާބުތަކުގެ ނަތީޖާއާއެކު ވެސް ރައީސް ދެއްކެވީ ޑިމޮކްރަސީގެ ރިވެތި ނަމޫނާ: ޝިޔާމް

ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް---

އިންތިޚާބުތަކުގެ ނަތީޖާއާއެކު ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވީ ޑިމޮކްރަސީގެ ރިވެތި ނަމޫނާކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މިނިސްޓަރު ޝިޔާމް މި މޭރުމުން ވިދާޅުވީ، އެކްސްގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ. މިނިސްޓަރު ޙިއްޞާކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ސިޔާސީ ޕާޓީއެއްގެ އެންމެ މުހިއްމު މަޤްޞަދުތަކުގެ ތެރޭގައި އިންތިޚާބުތަކުގައި ބައިވެރިވުމާއި، ބައިވެރިވާ އިންތިޚާބުތައް ކާމިޔާބުކުރުން ހިމެނޭ ކަމަށެވެ.

އިންތިޚާބުތައް ކާމިޔާބުވުމުގައި އަދި ނާކާމިޔާބުވުމުގައި ގިނަ ސަބަބުތަކެއް އެކުލެވޭކަން ފާހަގަކުރައްވަމުން ޝިޔާމް ވިދާޅުވީ، އިންތިޚާބުތަކުގެ ނަތީޖާތަކަކީ އަބަދު ވެސް ކަންކަމާ ފުންކޮށް ވިސްނާ، ކަންކަން އިޞްލާޙުކުރަން ލިބިގެންދާ ފުރުޞަތުތަކެއް ކަމަށެވެ. މީގެ އިތުރުން އިއްޔެ ބޭއްވުނު އިންތިޚާބުތަކުގެ ސަބަބުން ކުރަންވީ ކަންކަމާއި ނުކުރަންވީ ކަންކަމުގެ އިތުރުން ދާންވީ މަގު ސާފުކޮށް އެނގިގެން ގޮސްފައިވާކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

ރައްޔިތުން އެދޭގޮތަށް ސަރުކާރުން ރަނގަޅުކުރަންޖެހޭ ހުރިހާ ކަމެއް ރަނގަޅުކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ރައީސް މުޢިއްޒު ދެއްވާފައިވާކަން ފާހަގަކުރައްވަމުން ޝިޔާމް ވިދާޅުވީ، އިންތިޚާބުތަކުގެ ނަތީޖާއާއެކު ވެސް އެމަނިކުފާނު ދެއްކެވީ ޑިމޮކްރަސީގެ ރިވެތި ނަމޫނާ ކަމަށެވެ. ހަމައެހެންމެ، މި ސަރުކާރު އަބަދު ވެސް ދެމިއޮންނާނީ ރައްޔިތުން އެދޭ ބަދަލުތަކާއެކު ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދިނުމުގައިކަމަށް ޝިޔާމް ވިދާޅުވިއެވެ.

މިނިސްޓަރު ޝިޔާމް ޙިއްޞާކުރެއްވި ޕޯސްޓުގައި، އިންތިޚާބުގައި ގޮނޑިތައް ކާމިޔާބުކުރެއްވި ހުރިހާ ކެންޑިޑޭޓުންނަށް ވަނީ މަރުޙަބާ ވިދާޅުވެފައެވެ. މީގެ އިތުރުން، އިންތިޚާބުގައި ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު ކެންޑިޑޭޓުން ކުރެއްވި ހިތްވަރަށް މިނިސްޓަރު ވަނީ ސާބަސް ދެއްވައިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި