Sunday, 25 October 2026
Ads by

ކައުންސިލުތަކާއި ޑަބްލިއުޑީސީގެ މެޖޯރިޓީ ސަރުކާރަށް !

ކައުންސިލުތަކާއި ޑަބްލިއުޑީސީގެ މެޖޯރިޓީ ސަރުކާރަށް !

އިއްޔެ ކުރިއަށްދިޔަ ލޯކަލް ކައުންސިލް އިންތިޚާބު އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ އިންތިޚާބުގެ ގިނަ ގޮނޑިތައް ވެރިކަން ކުރާ ޕީއެންސީން ހޯދާފައިވާ ކަން އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ވަގުތީ ނަތީޖާ އިން ވަނީ ދައްކާފައެވެ.

Ad Image
Ads by

ވަގުތީ ނަތީޖާތައް ދައްކާ ގޮތުން މިހާތަނަށް ގުނި ވޯޓު ފޮށިތަކުގެ ތެރެއިން ޕީއެންސީން ވަނީ 450 އަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށްފައެވެ. ޕީއެންސީއަށް އެންމެ ގިނަ ގޮނޑިތައް ލިބުނީ ރަށު ކައުންސިލްތަކުންނެވެ. ރަށު ކައުންސިލްތަކުން ޕީއެންސީއަށް 262 ގޮނޑި ލިބުނު ކަމަށް ދައްކައެވެ. އަދި އ.ތ.މ ކޮމިޓީތަކުގެ ގޮނޑިތަކުގެ ތެރެއިން 190 ގޮނޑިއާއެކު އެންމެ ގިނަ ގޮނޑި ހޯދާފައި ވަނީ ވެސް ޕީއެންސީންނެވެ.

ރަށު ކައުންސިލްތަކާއި އ.ތ.މ ކޮމިޓީތަކުގެ ގޮނޑިތަކާ ހިލާފަށް ސިޓީ ކައުންސިލްތަކުން ޕީއެންސީއަށް ލިބުނު ގޮނޑި މަދެވެ. 5 ސިޓީ ކައުންސިލްގެ މޭޔަރުން ހިމެނޭ ހެން، ގިނަ ގޮނޑިތަކާއެކުގައި އެ ކައުންސިލްތަކުގެ މެޖޯރިޓީ ނެގީ އިދިކޮޅު އެމްޑީޕީންނެވެ.

ރަށު ކައުންސިލްތަކުގެ ގޮނޑިތަކަށް ބަލާއިރު، އެމްޑީޕީން ވަނީ 238 ގޮނޑި ހޯދައިފައެވެ. އަދި އ.ތ.މ ކޮމިޓީގެ 177 ގޮނޑިއާއެކު، އެމްޑީޕީން މިހާތަނަށް އައިއިރު، 400 އަށް ވުރެ ގިނަ ގޮނޑި ހޯދާފައިވާ ކަން ވަގުތީ ނަތީޖާ އިން ދައްކައެވެ.

ރަށު ކައުންސިލްތަކުގެ ގޮނޑިތަކުގެ ތެރެއިން 80 ގޮނޑި، އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުން ކާމިޔާބު ކުރެއްވި އިރު، 14 ގޮނޑި ވަނީ އެހެނިހެން ޕާޓީތަކުގެ ކެންޑިޑޭޓުން ކާމިޔާބުކޮށްފައެވެ.

އ.ތ.މ ކޮމެޓީގެ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި 56 ގޮނޑި ކާމިޔާބު ކުރެއްވި ކަމަށް ވަގުތީ ނަތީޖާ އިން ދައްކާއިރު، އެހެނިހެން ޕާޓީތަކުން ހަތް ގޮނޑިއެއް ކާމިޔާބު ކުރި ކަމަށް ވެސް ވަގުތީ ނަތީޖާ އިން ދައްކައެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާތަކަަށް ބަލާއިރު މިހާތަނަށް ގުނި ފޮށިތަކުގެ ނަތީޖާއިން ފެންނަ ގޮތުގައި ގިނަ ރަށްރަށުގެ ކައުންސިލު ރައީސްކަން ކާމިޔާބުކުރެއްވީ ވެސް ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި ކެންޑިޑޭޓުންނެވެ. އަދި ވަރަށް ގިނަ ރަށްރަށުން ކައުންސިލްތަކާއި އ.ތ.މ ކޮމިޓީގެ ހުރިހާ ގޮނޑިއެއް ވެސް ނަގާފައި ހުރީ ޕީއެންސީންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި