Wednesday, 9 September 2026
Ads by

ރައީސް މުޢިއްޒަކީ ރައްޔިތުންގެ ނިންމުންތަކަށް ފުރިހަމައަށް އިޚްތިރާމްކުރައްވާ ނަމޫނާ ވެރިއެއް: ޝުޖާއު

ރައީސް މުޢިއްޒަކީ ރައްޔިތުންގެ ނިންމުންތަކަށް ފުރިހަމައަށް އިޚްތިރާމްކުރައްވާ ނަމޫނާ ވެރިއެއް: ޝުޖާއު

ބާރަށު ދާއިރާގެ މެންބަރު ޝުޖާއު (ކ) އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު (ވ)---

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ރައްޔިތުންގެ ނިންމުންތަކަށް ފުރިހަމައަށް އިޚްތިރާމްކުރައްވާ ނަމޫނާ ވެރިއެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަދި ކޮންގްރެސް ޕާޓީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މެންބަރު ޝުޖާއު މި މޭރުމުން ވިދާޅުވީ، އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުތަކުގެ އިތުރުން ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގުނު ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއާ ގުޅިގެން ރައީސް މުޢިއްޒު އެކްސްގައި ޙިއްޞާކުރެއްވި ޕޯސްޓަށް ކުރެއްވި ކޮމެންޓެއްގައެވެ.

އިއްޔެ ބޭއްވި އިންތިޚާބުގައި އިދިކޮޅު އެމްޑީޕީން ގިނަ ދާއިރާތަކެއްގެ ގޮނޑިތައް ވަނީ ކާމިޔާބުކޮށްފައެވެ. އަދި ފެންނަ ނުފެންނަ ވޯޓުގައި މެޖޯރިޓީ ރައްޔިތުން ވަނީ އިންތިޚާބުތައް އެއްދުވަހެއްގައި ބޭއްވުމަށް ނުފެންނަކަމަށް ނިންމައިފައެވެ.

މިކަމާ ގުޅިގެން ޝުޖާއު ކުރެއްވި ކޮމެންޓުގައި ވިދާޅުވީ، ރައީސް މުޢިއްޒަކީ ރައްޔިތުންގެ އަޑު ގާތުން އައްސަވާ، ރައްޔިތުންނާ ގާތުން ޚިދުމަތްތައް ފޯރުކޮށްދެއްވުމަށް ލޯބިކުރައްވާ ވެރިއެއް ކަމަށާއި، އެމަނިކުފާނަކީ ޢަމަލުފުޅުން ވެސް އެކަން ދައްކަވަމުން ގެންދަވާ ނަމޫނާ ވެރިއެއް ކަމަށެވެ.

”ރައީސަކީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަށް ފަރިތަ ޑިމޮކްރަސީއަށް ލޯބިކުރައްވާ ވެރިއެއް، މި ނިޒާމުގައި ރައީސް ތިޔަ ދައްކުވައިދެއްވީ ރައްޔިތުންގެ ނިންމުމަށް ވެރިޔަކު އިޚްތިރާމްކުރައްވާ މިންވަރު، އެއީ މާތް ސިފައެއް، އަޅުގަނޑުގެ ސިޔާސީ ހަޔާތުގައި ކުރިން މަސައްކަތް ކުރި ވެރިމީހާއަށް އެންމެ އުނދަގޫވެފައި އޮންނަނީ ރައްޔިތުންގެ ނިންމުމަށް އިޚްތިރާމް ކުރުމަށް، އޭގެ ބަދަލުގައި އެ ބޭފުޅާ އަންނަނީ ރައްޔިތުންދެކެ ރުޅި، ދައްކަވަނީ ފުސް މޫނު،“ – ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ، ރައީސް މުޢިއްޒު ދައްކުވައިދެއްވި ރިވެތި ނަމޫނާއިން އެމަނިކުފާނު ރައްޔިތުންނަށް ކުރާ އިޚްތިރާމާއި ލޯބި ހާމަވެގެން ގޮސްފައިވާ ކަމަށެވެ. ރައްޔިތުންގެ ފަޅީގައި ރައީސް މުޢިއްޒު ކުރައްވަމުން ގެންދަވާ އިޚްލާސްތެރި މަސައްކަތްޕުޅަށް ކާމިޔާބީއަށް ޝުޖާއު ވަނީ ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި