Wednesday, 9 September 2026
Ads by

ޕީއެންއެފްގެ އެއްވުމެއްގައި ރައީސް ޔާމީންގެ އިސްތިއުފާއަށް ގޮވާލައިފި

ޕީއެންއެފްގެ އެއްވުމެއްގައި ރައީސް ޔާމީންގެ އިސްތިއުފާއަށް ގޮވާލައިފި

ޕީއެންއެފްއިން އިސްނަގައިގެން ކުރިއަށް ގެންދިޔަ މަގުމަތީގެ ހަރަކާތުގެ ތެރެއިން---

ކުރީގެ ރައީސް ޔާމީންގެ ޕާޓީ، ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން އިސްނަގައިގެން މިރޭ ބޭއްވި އެއްވުމެއްގައި އެމަނިކުފާނުގެ އިސްތިއުފާއަށް އެއްވުމުގެ ބައިވެރިން ގޮވާލައިފިއެވެ.

Ad Image
Ads by

ޕީއެންއެފްއިން އިސްނަގައިގެން ބޭއްވި މި އެއްވުމެއްގައި ރައީސް ޔާމީންގެ އިސްތިއުފާއަށް އިސްވެ ގޮވާލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ރާއީއެވެ. ރާއީއަކީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ އެ ޕާޓީގެ މެންބަރެކެވެ. ރައީސް ޔާމީނުގެ އިސްތިޢުފާއަށް ގޮވާލާފައިވާއިރު، އެމަނިކުފާނުގެ ޓީވީ ޗެނަލް ”ޗެނަލް 13“ އިން އެ މަންޒަރު ލައިވްކޮށް ބްރޯޑްކާސްޓް ވެސް ކުރިއެވެ.

އެ މަންޒަރު ޓީވީން ލައިވްކޮށް ވަގުތުން ދައްކަމުންދިޔަ އިރު ފެނިގެންދިޔައީ، ރައީސް ޔާމީނުގެ އިސްތިއުފާއަށް ރާއީ ގޮވާލުމުން ކައިރީގައި ހުރި ރައީސް ޔާމީންގެ އެންމެ އަރިސް އެއްބޭފުޅާ ކަމުގައިވާ، މުޙައްމަދު މަލީޙް ޖަމާލް އޭނާއަށް ހިތްވަރުދެމުންދިޔަ ތަނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، އިއްޔެ ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި އިދިކޮޅު އެމްޑީޕީއަށް ކާމިޔާބު ލިބުމާ ގުޅިގެން، އެމްޑީޕީ އަދި ޕީއެންއެފްއިން ގެންދަނީ މީސް މީޑިއާގެ އެކި މަންސަތަކާއި މާލޭ ސިޓީގެ މަގުތަކަށް ނުކުމެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށާއި އެމަނިކުފާނުގެ ސަރުކާރަށް މަލާމަތްކޮށް ހަޖޫޖަހަމުންނެވެ.

ކާމިޔާބީގެ ވަގުތުގައި ރިވެތި ގޮތުގައި އުފާފާޅުކުރުމުގެ ބަދަލުގައި، މީހުންނަށް މަލާމަތްކޮށް ހަޖޫޖެހުމަކީ އެމްޑީޕީން އަބަދު ވެސް ކޮށް އުޅޭ ކަމެކެވެ. މިކަމުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުން މި ދެ ޕާޓީއަށް ވެސް ވަނީ އަމާޒުވެފައެވެ. ވަކިން ޚާއްޞަކޮށް ޕީއެންއެފްއިން އެމްޑީޕީއާއެކު ކޯލިޝަން ހެދުމުގެ ސަބަބުން އާންމުންގެ ފާޑުކިޔުންތަކުގެ އަޑުވަނީ އިންތިހާއަށް ގަދަވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
1 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
ފައިނުކަލޯ
ފައިނުކަލޯ
5 މަސް ކުރިން

ސާބަސް ޕްރޮޕަގަންޑާ ހަބަރު ފަތުރާ ތިޔަ ނޫހައް. ރާއީ އަޢް އޮޅިގެން ބުނެވުނުކަން ހަމަ ރަނަގަޅަޢް އެނގޭ. ކޮންކަހަލަ ހަބަރު ތި ލިޔަނީ. ލިޔާނެ އެއްޗެއް ނެތިއްޔާ މިފަހަރުވި ބޮޑު ބަލީގެ ވާހަކަ ލިޔެބަލަ. ދެން ލަލަލަ

Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި