ރަޝިޔާއިން ވަނީ މިއަދު ހެނދުނު، ހަނގުރާމައިގެ ފްރޮންޓު ލައިނެއްކަމަށްވާ، ޔޫކްރޭނުގެ ނިކޮޕޯލް ސިޓީއަށް އަމާޒުކޮށް ޑްރޯންތައް ފޮނުވާލައިގެން ހަމަލާދީފައެވެ. މިއަދު އެތައް ސަތޭކަ ޑްރޯންތަކެއް ފޮނުވާލައިގެން ދީފައިވާ މި ހަމަލާތަކަކީ ރަޝިޔާއިން މިހާތަނަށް ދުވާލު ގަޑީގައި ދީފައިވާ އެއްމެ ވަރުގަދަ އެއް ހަމަލާއެވެ.
ޔޫކްރޭނުގެ ޕްރޮސެކިއުޓާ ގެނެރަލްގެ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި ނިކޮޕޯލް ސިޓީއަށް ރަޝިޔާއިން ދީފައިވާ މިހަމަލާގައި ވަނީ 5 މީހުން މަރުވެ، އިތުރު 19 މީހުން ޒަޚަމްވެފައެވެ. “މިއީ ރަޝިޔަން ފެޑެރޭޝަނުން ހިންގާފައިވާ އިތުރު ހަނގުރާމައިގެ ޖަރީމާއެއް،” ޔޫކްރޭނުގެ ފްރޮސެކިއުޓާ ގެނެރަލްގެ އޮފީހުން ބުނެފައި ވެއެވެ.











