Wednesday, 9 September 2026
Ads by

ހަވީރު 5 ޖެހުމާއެކު ވޯޓުލާ މަރުކަޒުތައް ބަންދުކޮށްފި

ހަވީރު 5 ޖެހުމާއެކު ވޯޓުލާ މަރުކަޒުތައް ބަންދުކޮށްފި

ވޯޓުލާ މަރުކަޒުތައް ބަންދުކުރުން--- ފޮޓޯ: އިލެކްޝަންސް ކޮމިޝަން

މިއަދު ކުރިއަށް ގެންދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ އިތުރުން މައި ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުން ދެކޭގޮތް ބެލުމަށް ނަގާ ފެންނަ ނުފެންނަ ވޯޓުލުން ކުރިއަށްގެންދިއުމަށް ކަނޑައެޅިފައިވާ ވަގުތު ހަމަވުމާއެކު ވޯޓުލާ ހުރިހާ މަރުކަޒުތަކެއް ބަންދުކޮށްފިއެވެ.

Ad Image
Ads by

އިލެކްޝަންސް ކޮމިޝަނުން ބުނީ، ހަވީރު 17:00 އާއި ހަމައަށް ކިޔުގައި ތިބި ފަރާތްތަކަށް ވޯޓުލުމުގެ ފުރުޞަތު ދެވޭނެ ކަމަށާއި، ވޯޓު ފޮށިތައް ބަންދުކުރާނީ ކިޔުގައި ތިބި އެންމެން ވޯޓުލާ ނިމުމުން ކަމަށެވެ. ވަގުތު ހަމަވިއިރު ކިޔުގައި މީހަކު ނެތް ފޮށިތައް މިހާރު ވަނީ ބަންދުކޮށްފައެވެ. އިންތިޚާބުގެ ވޯޓު ގުނަން ފެށުމަށް ހަމަޖެހިފައިވަނީ ކޮންމެ ވޯޓު ފޮއްޓެއް ވެސް ބަންދުކުރާތާ 30 މިނެޓް ފަހުންކަމަށް އީސީން ވަނީ ބުނެފައެވެ.

މި ފަހަރުގެ އިންތިޚާބުގައި ތިން އިންތިޚާބެއް ބާއްވާފައިވާތީ، ނަތީޖާ އިޢުލާންކުރާނީ ވަކި ޚާއްޞަ ތަރުތީބެއްގެ މަތިންނެވެ. އެގޮތުން އެންމެ ފުރަތަމަ އިޢުލާންކުރާނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ނަތީޖާއެވެ. އެއަށް ފަހު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ނަތީޖާ އިޢުލާންކުރާނެއެވެ. އެންމެ ފަހުން އިޢުލާންކުރާނީ ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއެވެ.

މި އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ. އެހެންކަމުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށްވެސް ހަމަ އެ އަދަދަށް މެންބަރުން އިންތިޚާބުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި އިންތިޚާބުގައި 2,962 ކެންޑިޑޭޓުން ވާދަކުރާނެއެވެ.

މި އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ޖުމުލަ 294,937 މީހުންނަށް ލިބިފައިވެއެވެ. އެއީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި