Sunday, 26 July 2026
Ads by

ޣައްޒާއަށް ދެމުންދިޔަ އަނިޔަލުގެ ރަހަ އިޒްރޭލުގެ ކަރުބުޑުގައި ލަނީ

ޣައްޒާއަށް ދެމުންދިޔަ އަނިޔަލުގެ ރަހަ އިޒްރޭލުގެ ކަރުބުޑުގައި ލަނީ

އީރާނުން އިސްރާއީލަށް ދިން މިސައިލް ހަމަލާއަކަށްފަހު ލިބިފައިވާ ގެއްލުންތައް ފެންނަ މަންޒަރެއް. (މަސްދަރު: ޕީބީއެސް ނޫސް)

ބީރްޝެބާ – އިއްޔެ ބީރްޝެބާގެ ސިނާއީ ސަރަޙައްދުތަކުގައި އިންޒާރުގެ ރަނގަބީލުތަކުގެ އަޑު ގުގުމާލީ، އަޔަން ޑޯމް ފޫއަޅުވާލުމަށްފަހު ކްލަސްޓަރ ބޮމެއް ވެއްޓުމާ ގުޅިގެންނެވެ. މިއީ މިހާރު ކުރިއަށްދާ ސަރަޙައްދީ ހަނގުރާމަ އިތުރު ހަރުފަތަކަށް ގޯސްވެގެންދިޔަ ކަމުގެ ނިޝާނެކެވެ. ނަމަވެސް، އެތައް އަހަރެއް ވަންދެން ހިނގަމުންދާ މި މައްސަލަ ބަލަން ތިބި ބައިނަލްއަގުވާމީ މުޖުތަމައަށް ލިބުނު ސިހުން ކުޑަވެގެންދިޔައީ، މީގައި އެކުލެވިގެންވާ ހިތްދަތި މަލާމާތެއްގެ ސަބަބުންނެވެ: އެއީ އިޒްރޭލުން އެހެން ބަޔަކަށް ދެމުންދިޔަ އަނިޔާގެ ރަހަ ފުރަތަމަ ފަހަރަށް އެމީހުންގެ އަމިއްލަ ކަރުބުޑުގައި ލާން ފެށުމުންނެވެ.

Ad Image
Ads by

އެތައް އަހަރެއް ވަންދެން، ފަލަސްޠީނުގެ އާންމު ރައްޔިތުން ވަނީ ހައްދުންނެއްޓިފައިވާ ބާރުގެ ބޭނުންކުރުމާއި، މަނާކޮށްފައިވާ އަނިޔާވެރި ހަތިޔާރުތަކުގެ ބިރުވެރިކަން ތަހައްމަލުކޮށްފައެވެ. ޣައްޒާގައި ނިޒާމީ ގޮތެއްގައި ހިންގަމުންދާ ހަލާކާއި އަދި މިހާރުވެސް ކުރިއަށްދާ ނަސްލުނައްތާލުމުގެ ޤަތުލުއާންމުގެ ތެރެއިން، އިޒްރޭލުގެ އަސްކަރިއްޔާއިން އާބާދީތަކުގެ ތެރޭގައި ހަނގުރާމަކުރުމަށް ބޭނުންކުރާ ފަނާކުރަނިވި އުކުޅުތަކަކީ އާދައިގެ ކަމަކަށް ވަނީ ހަދާފައެވެ. ނަމަވެސް މިއަދު، އިސްރާއީލުގެ ފަސްގަނޑަށް ކްލަސްޓަރ ބޮމުގެ ވާރޭ ވެހެން ފެށުމާއެކު، އެމީހުންނަކީ ބަލިނުކުރެވޭނެ ފަދަ ވަރުގަދަ ސަލާމަތީ ބާރެއް ކަމަށް ދައްކަމުންދިޔަ ވާހަކަތައް މިވަނީ ފުނޑުފުނޑުވެފައެވެ. މި ހަމަލާއަކީ ކަޅު ކުލައިގެ ލޯގަނޑެއް ފަދަ އެއްޗެކެވެ. މިއިން ދައްކުވައިދެނީ، އެތައް ދަހަރެއް ވަންދެން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުގެ ސިފައިން ހިންގަމުންދިޔަ ރަޙުމްކުޑަ، ވަކިމީހެއް ނުބަލައި ދޭ ޙަމަލާތަކުގެ ޙަޤީގީ މަންޒަރެވެ. ޖިއޯޕޮލިޓިކަލް އެނަލިސްޓުން ފާހަގަކުރާ ގޮތުގައި، މިއީ އެމީހުން އަމިއްލައަށް އިންދި އޮށުގެ ނަތީޖާއާ މިއަދު އެމީހުންނަށް ކުރިމަތިލާން ޖެހުމެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
HOIxXVia4AAxzSh
އެމްޑީޕީން ގެންގުޅުނީ ޕްރޯ އިޒްރޭލު ފޮރިން ޕޮލިސީއެއް: ރައީސް
fhtfw
ދިވެހި ދަޢުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި 66 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ ހަވާލުކުރައްވައިފި
minivna61
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވައިފި
Screenshot 2026-07-26 at 12.23
ހަތަރު ބޭފުޅަކަށް ދައުލަތުގެ މަތިވެރި އިއްޒަތް އަރުވައިފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި