އަމީނިއްޔާ ސްކޫލުގައި ޤާއިމުކޮށްފައިވާ ވޯޓުލާ މަރުކަޒެއްގައި، ބަހައްޓާފައި ހުރި ބޫތު ހުންނަ ގޮތުން ވޯޓު ކަރުދާސްކޮޅު ފެންނަ ކަމަށް ބުނެ, އެ ސަރަޙައްދުގައި ހަމަނުޖެހުން ހިންގައިފިއެވެ.
”އެކި އެމްވީ“ އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ސަރަޙައްދުގައި ހަމަނުޖެހުން ހިންގާފައިވަނީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މޮނީޓަރުންތަކެކެވެ. އެ ފަރާތްތަކުން ގެންދަނީ ބޭރުގައި ތިބެ އަޑުގަދަކޮށް މަނާ ސަރަޙައްދަށް ވަންނަން ވެސް މަސައްކަތް ކުރަމުންނެވެ. މި މައްސަލައާ ގުޅިގެން ފުލުހުން މިހާރު ގެންދަނީ އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުންނެވެ.
އެމްޑީޕީއަށް ނިސްބަތްވާ މޮނީޓަރުން ބުނާ ގޮތުގައި، ބޫތު ބަހައްޓާފައިވަނީ، ވޯޓުލާ މީހާ ފާހަގަޖަހާ ވަގުތު އެތަނުގައި ތިބޭ އެހެން ފަރާތްތަކަށް ވޯޓު ކަރުދާސްކޮޅު ފެންނަ ގޮތަށް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ވޯޓުގެ ސިއްރުކަން ގެއްލޭކަމަށް ވެސް އެ މީހުން އަންނަނީ ބުނަމުންނެވެ.
އެމްޑީޕީއަކީ އަބަދު ވެސް ވޯޓުލާ މަރުކަޒުތަކުގައި މިފަދައިން ހަމަނުޖެހުންތައް ހިންގާ އުޅޭ ބައެއްކަން ފާހަގަކޮށްލަންޖެހެއެވެ.












