Wednesday, 9 September 2026
Ads by

ވޯޓުލާން 3 ކަރުދާސް ލިބޭނެ، އެ މީހަކު ބޭނުންވާ ވޯޓެއްގައި ބައިވެރިވެވޭނެ: އީސީ

ވޯޓުލާން 3 ކަރުދާސް ލިބޭނެ، އެ މީހަކު ބޭނުންވާ ވޯޓެއްގައި ބައިވެރިވެވޭނެ: އީސީ

މާދަމާ އޮންނަ 3 އިންތިޚާބު ކަމުގައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމެޓީގެ އިންތިޚާބު އަދި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ފެނޭތޯ ބެލުމުގެ ގޮތުން ނެގުމަށް ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓުގެ ތެރެއިން އެ މީހަކު ބޭނުންވާ ވޯޓެއްގައި ބައިވެރިވެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިރޭ ބުނެފި އެވެ.

Ad Image
Ads by

އެ ކޮމިޝަނުން މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި އީސީގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ ވަކި އިންތިޚާބެއްގައި އެކަނި ބައިވެރިވާން ކަރުދާސް ބޭނުން ނަމަ، އެ މީހަކަށް ދޭނީ އެ އިންތިޚާބެއްގެ ވޯޓު ދޭން ބޭނުންވާ ކަރުދާސް އެކަނި ކަމަށެވެ. އެހެން ނަމަވެސް ވޯޓުލާން ދާ މީހާ، ވަކި އިންތިޚާބެއްގެ ކަރުދާސް ބޭނުން ނުވާ ހާލަތުގައި، އެކަން އޮބްޒާވަރުންގެ ކުރިމަތީގައި އިއުލާންކުރާނެ ކަމަށާއި، އެގޮތަށް ހަދަނީ ވޯޓު ލުމުގެ މަރުހަލާ އިތުރަށް ކުރިއަށްދާއިރު މައްސަލައެއް ކުރިމަތިވިޔަސް އެކަން އެންމެންނަށް އަންގާފައި ބޭއްވުމުގެ ގޮތުން ކަމަށް އީސީގެ ރައީސް ޒާހިދު ވިދާޅުވިއެވެ.

”ތިން ކަރުދާސްކޮޅު އަޅުގަނޑުމެން އޭނާއަށް ދޭނެ. ދެން އެއްވެސް މީހަކު ވަކި ލާން ބޭނުން ނޫން ކަމަށްވަންޏާ އެ ކަރުދާސްކޮޅެއް ނުދޭނެ. ނުދީ އަޅުގަނޑުމެން އިއުލާންކުރާނެ އިނގޭތޯ. އަޅުގަނޑމެން އިއުލާންކުރާނެ މިވެނި މީހަކު އެ ކަރުދާސްކޮޅު ބޭނުންނޫން ކަމަށް. މި ހާމަކޮށްފައި އިއުލާންކުރާނެ. ސޯ އޮބްޒާވަރުންނާއި ހުރިހާ އެންމެނަށް އޭތި ނޯޓު ކުރެވި ފަހުން އޭތި ކެރީކުރުމުގައި އިންތިޒާމުތައް ހަމަޖެހިގެންދާނެ،“ޒާހިދު ވިދާޅުވިއެވެ.

މީގެކުރީގެ ބައެއް އިންތިޚާބުތަކުގައިވެސް ބައެއް ފަރާތްތަކުން ކައުންސިލް އިންތިޚާބު އަތި އ.ތ.މ ކޮމެޓީގެ ގެ ވޯޓުގައި އެއްވޯޓު ކަރުދާސް ބޭނުންވެ އެގޮތަށް ވޯޓުދީފައިވާކަން ޒާހިދު ފާހަގަކުރެއްވިއެވެ. އެގޮތުން 2021 ގައި ލޯކަލް ކައުންސިލު އިންތިޚާބާއި އ.ތ.މ ކޮމެޓީގެ އިންތިޚާބު ކުރިއަށް ދިޔައިރު ވެސް ބައެއް މީހުން ވޯޓުލުމަށް ގޮސް، ވަކި އިންތިޚާބެއްގައި އެކަނި ވޯޓުލުމަށް ބޭނުންވާ ކަމަށް ބުނާ ކަމަށާޢި، އެހެންވެ އެ ފަހަރު ވެސް އެ ފުރުސަތު ދިން ކަމަށް ޒާހިދު ވިދާޅުވެ އެވެ.

”އެހެންވެ އެގޮތަށް އަމަލުކޮށްފަައި ހާދިސާ ރިޕޯޓުގައި ވެސް އެކަން ލިޔާނެ. އޮބްޒާވަރުންނާއި ހުރިހާ އެންމެނަށް ވެސް އެނގޭނެ މިވެނި ކަރުދާސްކޮޅެއް ބޭނުންނުކުރާކަން،“ ޒާހިދު ތަފްސީލް ކޮށްދެއްވިއެވެ.

އިންތިޚާބާ ގުޅިގެން އުފައްދާ ސުވާލުތަކާ ގުޅިގެން އީސީގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގައި ރައްޔިތުންނަށް އޮތް ވޯޓު ލުމުގެ ހައްގު ފުރިހަމަ ގޮތުގައި ލިބޭނެކަން އެ ކޮމިޝަނުން ކަށަވަރުކޮށްފައިވާ ކަމަށެވެ.

ޒަކަރިއްޔާ ވިދާޅުވީ އެމީހަކު ވޯޓުލުމަށް ރަޖިސްޓްރީވެފައި އޮތް މަރުކަަޒަކަށް ގޮސް، އެއްވެސް ނުފޫޒެއް ނެތި، އެމީހަކު ބޭނުން ކެންޑިޑޭޓަކަށް ސިއްރު ވޯޓުލެވޭނެ ހުރިހާ އިންތިޒާމެއް އެ ކޮމިޝަނުން ހަމަޖައްސާފައިވާ ކަމަށެވެ. އެެހެންކަމުން ވޯޓުގެ ސައްހަކަމާ މެދު އެއްވެސް ސުވާލެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

”އަޅުގަނޑުމެން ޔަގީންކަން ދެން މަރުކަޒަށް ވޯޓުލާންދާ ކޮންމެ މީހަކަށް އެ މީހަކު ބޭނުން މީހެއްގެ ފާހަގަ ޖަހާފައި ސިއްރު ވޯޓެއް ލެވޭނެ ކަމުގެ ޔަގީންކަންދެން. އެހެންވީމާ ވޯޓުގެ ސައްހަކަމާ މެދު އިލެކްޝަންސް ކޮމިޝަނުގެ އެއްވެސް ސުވާލެއް ނެތް.“ ހަސަން ވިދާޅުވިއެވެ.

މާދާމާގެ އިންތިޚާބަށް މުޅި ރާއްޖޭގައި 582 ވޯޓު ފޮށި ބަހައްޓާފައިވާއިރު އެ ވޯޓު ފޮށިތަކުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ކަންކަމުގައި ފުލުހުން ހަރަކާތްތެރިވާނެ އެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި