Wednesday, 9 September 2026
Ads by

ކޮރަޕްޝަން ނައްތާލައި، ޑިމޮކްރަސީ ހަރުދަނާކުރުމަށް އިންތިޚާބުތައް އެއްދުވަހެއްގައި ބާއްވަންޖެހޭ: ރައީސް

ކޮރަޕްޝަން ނައްތާލައި، ޑިމޮކްރަސީ ހަރުދަނާކުރުމަށް އިންތިޚާބުތައް އެއްދުވަހެއްގައި ބާއްވަންޖެހޭ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު--- ފޮޓޯ: ޕީއެންސީ

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ތާއީދުކުރަންޖެހެނީ ކޮރަޕްޝަން ނައްތާލައި، މިހާރަށް ވުރެ ބޮޑަށް ޑިމޮކްރަސީ ހަރުދަނާކުރަންޖެހޭތީކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސް މުޢިއްޒު މި މޭރުމުން ވިދާޅުވީ، ކޮންގްރެސް ޕާޓީން އިންތިޒާމުކޮށްގެން ”ރައްޔިތުންގެ ބޮޑު ހިނގާލުން“ ގެ ނަމުގައި މިއަދު ކުރިއަށް ގެންދިޔަ ރެލީ ނިންމާލުމުގެ ގޮތުން ރަސްފަންނު ސަރަޙައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވީ މައި ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވިއްޖެ ނަމަ، ވަކި ޕާޓީއަކަށް ސުޕަރ މެޖޯރިޓީ ލިބުމުގެ ފުރުޞަތު ބޮޑުތަނުން ކުޑަވާނެ ކަމަށެވެ.

އެއް ޕާޓީއަކަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބުމަށްވުރެ ގިނަ ޕާޓީތަކަށް ބެހިގެންދާ ގޮތަކަށް މެންބަރުން އިންތިޚާބުވެގެން ދިއުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިގަންނަވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ މި ނިންމުމުގެ ސަބަބުން އެއްވެސް ފަރާތަކުން ސިޔާސީ އަމިއްލަ ފައިދާއެއް ނެގުމުގެ ފުރުޞަތު ކުޑަވެގެންދާނެ ކަމަށެވެ.

”އޭރުން އެންމެ ގިނަ ރައްޔިތުން ވޯޓު ލައިގެން އަންނަ މެންބަރުން އަންނާނީ، ކޮރަޕްޝަން ނެތިގެން ދަނީ މި ނިޒާމުގެ ތެރެއިން. ކޮރަޕްޝަން ނައްތާލުމަށްޓަކައި ވެސް ޑިމޮކްރަސީ ހަރުދަނާކުރުމަށްޓަކައި ވެސް. ނިޒާމު ހަރުދަނާކުރުމަށްޓަކައި ވެސް ޗެކް އެންޑް ބެލެންސް ނިޒާމު ހަރުދަނާކުރުމަށްޓަކައި ވެސް ކުރަންވީ ކަމަކީ މި ދެ އިންތިޚާބު އެއްދުވަހެއްގައި ބާއްވަން ނިންމަންވީ. އެއީ ޤައުމަށްޓަކައި އަޅުގަނޑުމެންނަށް ކޮށްދެވޭނެ ކަމަކީ،“ – ރައީސް ވިދާޅުވިއެވެ.

ކޮންގްރެސް ޕާޓީން މިއަދު ކުރިއަށް ގެންދިޔަ ހިނގާލުމުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވާއިރު މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުތައް އެ ޕާޓީން ބޮޑުތަނުން ކާމިޔާބުކުރާނެކަމަށް ބެލެވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި