Saturday, 24 October 2026
Ads by

ޤައުމީ ވިސްނުން އިސްކޮށް ”ދޫންޏަށް“ ވޯޓް ދެއްވާ، ނަތީޖާ ނެރެދެއްވާނަން: ރައީސް

ޤައުމީ ވިސްނުން އިސްކޮށް ”ދޫންޏަށް“ ވޯޓް ދެއްވާ، ނަތީޖާ ނެރެދެއްވާނަން: ރައީސް

ޕީއެންސީން ކުރިއަށް ގެންދިޔަ ރެލީގެ ތެރެއިން--- ފޮޓޯ: ޕީއެންސީ

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި ވެރިކަން ކުރާ ޕާޓީ ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.

Ad Image
Ads by

ރައީސް މުޢިއްޒު މިކަމަށް އެދިވަޑައިގަތީ، ކޮންގްރެސް ޕާޓީން އިންތިޒާމުކޮށްގެން ”ރައްޔިތުންގެ ބޮޑު ހިނގާލުން“ ގެ ނަމުގައި މިއަދު ކުރިއަށް ގެންދިޔަ ރެލީ ނިންމާލުމުގެ ގޮތުން ރަސްފަންނު ސަރަޙައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، ވޯޓުލުމަކީ ހުރިހާ ފަރާތްތަކަށް ވެސް ލިބޭ އަސާސީ އަދި ޤާނޫނީ ޙައްޤެއް ކަމަށެވެ. އެހެންކަމުން އެ ޙައްޤުގެ ބޭނުން ހެޔޮ ގޮތުގައި ހިފައި، ޤައުމީ ވިސްނުމުގައި ”ދޫންޏަށް“ ވޯޓު ދެއްވުމަށް އެދިވަޑައިގަންނަވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

”ތިބޭފުޅުން އަޅުގަނޑުމެންނަށް އިތުބާރުކޮށް ދެއްވާ ވޯޓް ވެގެންދާނީ ތިބޭފުޅުން ފަޚުރުވެރިވާނެ ފަދަ ވޯޓަކަށް. އޭގެ ނަތީޖާ އަޅުގަނޑުމެން ނެރެދޭނެ ވޯޓަކަށް. ރައްޔިތުންގެ ތެރެއިން އެއްވެސް މީހަކު މާޔޫސްވާނެ ވޯޓަކަށް ވެގެންނުދާނެ ވޯޓަކަށް,“ – ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ކެމްޕެއިން ހަރަކާތްތައް ނިންމާލުމަށް ރަސްފަންނު ސަރަޙައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރާ އިދިކީލަ ބަޔަކަށް ވޯޓު ދީފިކަމަށްވާ ނަމަ، އަތޮޅުތެރޭގެ ރަށްރަށުގައި ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތަކަށް ހުރަސްތަކެއް ކުރިމަތިކުރުވާނެ ކަމަށެވެ. މިއަދު ތަޖުރިބާކުރަން ޖެހިފައިމިވަނީ އެ މައްސަލަކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ސަރުކާރާ އިދިކީލަ ބަޔަކު ކައުންސިލްތަކުގައި ތިބެ، ރަށްރަށުގައި ކުރިއަށްދާ ތަަރައްޤީގެ މަޝްރޫޢުތަކަށް ހުރަސްއަޅައި، ތަރައްޤީ ފަސްވެ ދުވަސްތަކެއް ގެއްލިގެން ދިއުމަށް އިތުރު ފުރުޞަތެއް ރައްޔިތުން ނުދިނުމަށް އިލްތިމާސް ކުރައްވައިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި