Wednesday, 9 September 2026
Ads by

ސުކޫކު ދެއްކުމާއެކު އެމްޑީޕީން ރަހުނު ކުރި ޤައުމުގެ ހަރުމުދާތައް ސަލާމަތްވެއްޖެ: ރައީސް

ސުކޫކު ދެއްކުމާއެކު އެމްޑީޕީން ރަހުނު ކުރި ޤައުމުގެ ހަރުމުދާތައް ސަލާމަތްވެއްޖެ: ރައީސް

ރަސްފަންނު ސަރަޙައްދުގައި ކޮންގްރެސް ޕާޓީން މިއަދު ބޭއްވި ޖަލްސާގައި ރައީސް ވާހަކަފުޅުދައްކަވަނީ--- ފޮޓޯ: ޕީއެންސީ

ނިމިދިޔަ އެމްޑީޕީ ސަރުކާރުން ސުކޫކުގެ ގޮތުގައި ނަގާފައިވާ ފައިސާ ދެއްކުމާއެކު ޤައުމުގެ މުހިންމު ހަރުމުދާތަކާއި ޢިމާރަތްތައް ރަހުނުން ސަލާމަތްވެއްޖެކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސް މުޢިއްޒު މި މޭރުމުން ވިދާޅުވީ، ކޮންގްރެސް ޕާޓީން އިންތިޒާމުކޮށްގެން ”ރައްޔިތުންގެ ބޮޑު ހިނގާލުން“ ގެ ނަމުގައި މިއަދު ކުރިއަށް ގެންދިޔަ ރެލީ ނިންމާލުމުގެ ގޮތުން ރަސްފަންނު ސަރަޙައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ޙަވާލުވިއިރު، އިޤުތިޞާދީ ގޮތުން ޤައުމު އޮތީ ފުން އަނދަވަޅެއްގެ ތެރޭގައި ކަމަށާއި، ބައިނަލްއަޤުވާމީ އިދާރާތަކުން ވެސް އެކަން ފާހަގަކޮށްފައިވާ ކަމަށެވެ.

މިދިޔަ ސަރުކާރުން ސުކޫކުގެ ގޮތުގައި ނަގާފައިވާ ފައިސާއަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ކުރީ ސަރުކާރުން އެ ފައިސާ ނަގާފައިވަނީ އޭގެ ކުރީ ސަރުކާރުން ނަގާފައިވާ 250 މިލިއަން ޑޮލަރުގެ ސަނީ ސައިޑް ބޮންޑު އަދާކުރުމަށާއި، މާލީ ގޮތުން އެއްވެސް ފައިދާއެއް ނުވާ ޚަރަދުތަކެއް ކުރުމަށް ކަމަށެވެ.

ސުކޫކުގެ ގޮތުގައި 500 މިލިއަން ޑޮލަރު އޭރުގެ ސަރުކާރުން ނެގީ މާލީ ބާޒާރުގެ އަގުތަކާ އަޅާބަލާއިރު ބޮޑު އަގެއްގައިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެ ފައިސާ ނެގީ އެ ފައިސާ އަނބުރާ ދެއްކޭނެ ހަރުދަނާ ސިޔާސަތެއް ވެސް ނެތި ކަމަށެވެ. އެގޮތުން ދަޢުލަތުގެ މުހިންމު ޢިމާރާތްތައް ރަހުނުކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ތެރޭގައި އައިޖީއެމް ހޮސްޕިޓަލާއި ދަރުމަވަންތަ ހޮސްޕިޓަލާއި، ފިނޭންސް ބިލްޑިންގގެ އިތުރުން އިސްކަންދަރު ސްކޫލް ހިމެނެއެވެ.

”މިދިޔަ ސަރުކާރުން ނެގި ސުކޫކު އަޅުގަނޑުމެންގެ ޤައުމު ދަރުވާނުލާ, އަޅުގަނޑުމެންގެ ރައްޔިތުންނަށް ލިބޭ އެއްވެސް އިނާޔަތެއް އުނިކޮށް, އެއްވެސް ފައިސާ ފޮއްޗެއް ޗާޕުނުކޮށް، ރެކޯޑް އަދަދެއްގެ ޤައުމީ ރިޒާވް ހާސިލުކުރުމަށް ފަހު އިއްޔެ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ދައްކާ ޚަލާސް ކޮށްފިން,“ – ރައީސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވަޢުދުވެވަޑައިގެންނެވި ގޮތަށް ސުކޫކަށް ދައްކަންޖެހޭ 500 މިލިއަން ޑޮލަރު ދައްކާ ޚަލާސްކުރެވުމާއެކު ދަޢުލަތުގެ ހަރުމުދަލާއި ގިނަ ޢިމާރަތްތަކެއް ވަނީ ރަހުނުން ސަލާމަތްވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި