Sunday, 25 October 2026
Ads by

ފޯރިގަދަ ހިނގާލުމަކާއެކު 2 ޕާޓީގެ ކެމްޕެއިން ހަރަކާތްތައް ނިންމާލައިފި

ފޯރިގަދަ ހިނގާލުމަކާއެކު 2 ޕާޓީގެ ކެމްޕެއިން ހަރަކާތްތައް ނިންމާލައިފި

މިއަދު ކުރިއަށް ގެންދިޔަ ހިނގާލުމުގެ ތެރެއިން---

ކުރިއަށް އޮތް ލޯކަލް ކަައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބާ ދިމާކޮށް ކޮންގްރެސް ޕާޓީން އަދި އިދިކޮޅު އެމްޑީޕީން ކުރިއަށް ގެންދިޔަ ކެމްޕެއިން ހަރަކާތްތައް ފޯރިގަދަ ހިނގާލުމަކާއެކު ނިންމާލައިފިއެވެ.

Ad Image
Ads by

ކޮންގްރެސް ޕާޓީން މި ހިނގާލުން ފަށާފައިވަނީ މިއަދު ހަވީރު 15:45 ގައި އެ ޕާޓީގެ މައި ޖަގަަހަ ކުރިމަތި (އަރޓިފިޝަލް ބީޗު ސަރަޙައްދު ކުރިމަތި) ބޮޑުތަކުރުފާނު މަގުންނެވެ. މި ހިނގާލުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި، އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ އިތުރުން އެ ޕާޓީގެ އިސްފަރާތްތަކާއި އެ ޕާޓީއަށް ނިސްބަތްވާ އާންމު މެންބަރުން ބައިވެރިވެފައިވެއެވެ.

އެމްޑީޕީން މި ޙަރަކާތް ފަށާފައިވަނީ ލޮނު ޒިޔާރަތްޕާކު ސަރަޙައްދުން ބޮޑުތަކުރުފާނު މަގުން ގޮސް އަމީނީ މަގާއި ދިމާލުންނެވެ. ދެ ޕާޓީގެ ހިނގާލުމަށް ބަލާއިރު ބޮޑުފަޅި ގޮތުގައި ބެލެވެނީ ސަރުކާރު ހިންގާ މައިޕާޓީ ޕީއެންސީގެ ރެލީއެވެ.

ވޭތުވެދިޔަ ދުވަސްތަކުގައި ކޮންގްރެސް ޕާޓީން ވަނީ ވަރަށް ފޯރިގަދަކޮށް ކެމްޕޭނު ހަރަކާތްތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މާލޭ ސިޓީއާއި އަތޮޅުތެރޭގެ އެކި ރަށްރަށުގައި ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތްތަކާއި ހަރުގެ ޖަލްސާތަކުގެ އިތުރުން ރެލީތައް ބާއްވާފައިވާކަން ފާހަގަކޮށްލެވެއެވެ.

މި އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެކި ސަބަބުތަކާ ހުރެ، ޖުމްލަ 69 ގޮނޑިއެއް އިންތިޚާބަކާ ނުލައި ޕީއެންސީއަށް ކާމިޔާބުވެފައިވާ އިރު އޭގެ ތެރޭގައި ކައުންސިލްތަކުގެ 28 ގޮނޑިއެއްވެސް ހިމެނެއެވެ.

މި ފަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ. އެހެންކަމުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށްވެސް ހަމަ އެ އަދަދަށް މެންބަރުން އިންތިޚާބުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި އިންތިޚާބުގައި ޖުމްލަ 2,962 ކެންޑިޑޭޓުން ވާދަކުރާނެއެވެ.

މި އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު 294,937 މީހުންނަށް ލިބިފައިވެއެވެ. އެއީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނަށެވެ. އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބާއެކު ހަމަ އެ ދުވަހު ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ފެންނަ ނުފެންނަ ވޯޓު ނެގުންވެސް އޮންނާނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި