Wednesday, 9 September 2026
Ads by

އުޞޫލާއި ޚިލާފަށް ހުޅުމާލެއިން ޕާކިންގ ސްލޮޓު ދޫކޮށްފައެއް ނުވާނެ: އެޗްޑީސީ

އުޞޫލާއި ޚިލާފަށް ހުޅުމާލެއިން ޕާކިންގ ސްލޮޓު ދޫކޮށްފައެއް ނުވާނެ: އެޗްޑީސީ

އެޗްޑީސީގެ މައި އިދާރާ---

ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީން އުޞޫލާއި ޚިލާފަށް ހުޅުމާލެއިން ޕާކިންގ ސްލޮޓު ދޫކޮށްފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތައް އެ ކޯޕަރޭޝަނުން ދޮގުކޮށްފިއެވެ.

Ad Image
Ads by

މިކަމާ ގުޅިގެން އެޗްޑީސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ހުޅުމާލެއަށް ދިމާވެފައިވާ ޕާކިންގ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް ސަރުކާރުގެ ސިޔާސަތުގެ ތެރެއިން އެ ކޯޕަރޭޝަނުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެ މަސައްކަތްތަކުގެ ދަށުން ހުޅުމާލޭގެ އެކި ސަރަޙައްދަތަކުން ޕޮކެޓް ޕާކިންގ ދޫކުރުމަށް، އެ ކުންފުނީގެ ވެބްސައިޓުގައި އާންމުކޮށް ހުޅުވާލައިގެން އިޢުލާނުކުރެވުނުކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނީ މި އިޢުލާނާ ގުޅިގެން ހުޅުވާލެވުނު ފުރުޞަތުގައި ވަރަށް ގިނަ ފަރާތްތަކުން ކުރިމަތިލާފައިވާ ކަމަށާއި، އުޞޫލުގެ ތެރެއިން އެ ފަރާތްތައް އިވެލުއޭޓްކޮށް. ޝަރުތުހަމަވި މީހުންގެ ލިސްޓު އާންމުކޮށް، ފެންނާނޭހެން ޝާއިޢުކުރެވިފައިވާ ކަމަށެވެ. މިގޮތަށް އާންމުކޮށް އިޢުލާނުކޮށް، ހާމަކަން ބޮޑު ގޮތެއްގައި ޕާކިންގ ސްލޮޓްތައް ދޫކުރުމުގެ މަސައްކަތްކުރަމުން ދަނިކޮށް، އެކަމާ ގުޅޭގޮތުން އާންމުންނަށް އޮޅުން އަރާ ގޮތަށް ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ފަތުރަމުން ގެންދިއުމަކީ ކަންބޮޑުވާ ކަމެއްކަމަށް އެޗްޑީސީން ބުންޏެވެ.

ވަކި ބަޔަކަށް ނާޖާއިޒު މަންފާ ލިބޭ ގޮތަށް ޕާކިން ސްލޮޓްތައް ވިއްކަމުންދާކަމަށް ބުނެ އެ ކޯޕަރޭޝަނުގެ އިތުބާރު ގެއްލޭގޮތަށް މަޢުލޫމާތު ޝާއިޢުކޮށްފައިވާތީ އެކަން ކުށްވެރިކުރާ ކަމަށާއި، އެފަދަ ޙަޤީޤަތާ ޚިލާފު މަޢުލޫމާތު އާންމުކުރާ ފަރާތްތަކުގެ މައްސަލަ ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅާނެކަމަށް އެޗްޑީސީން ވަނީ އިތުރަށް ބުނެފައެވެ.

ރައްޔިތުންނާ ގުޅޭ ޚިދުމަތްތަކާ ގުޅޭގޮތުން ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ނުފެތުރުމަށް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި