Wednesday, 9 September 2026
Ads by

ކަށީގެ ޚާއްޞަ އޮޕަރޭޝަންގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ސަރުކާރުގެ މައި 2 ހޮސްޕިޓަލުން !

ކަށީގެ ޚާއްޞަ އޮޕަރޭޝަންގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ސަރުކާރުގެ މައި 2 ހޮސްޕިޓަލުން !

އުކުޅުވަޅު ހުޅުގެ ހަލާކުވަމުންދާ ކަށި ނުވަތަ (Osteonecrosis)އަށް ފަރުވާ ދިނުމަށްޓަކައި، ’ކޯ ޑިކޮމްޕްރެޝަން‘ ސާޖަރީގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ދަރުމަވަންތަ ހޮސްޕިޓަލާއި އައި.ޖީ.އެމް.އެޗްގައި ތައާރަފުކޮށްފިއެވެ.

Ad Image
Ads by

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް އަބްދުއްރައްޒާޤު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މިކަމުގެ ތަފްސީލް ހިއްސާ ކުރައްވާފައެވެ.

އެގޮތުން މި ފަރުވާގައި ހާއްސަ އާލާތްތަކެއް ބޭނުންކޮށްގެން ހަލާކުވަމުންދާ ކަށި ސާފުކުރުމަށްފަހު، ”ބޯން ގްރާފްޓް“ އަދި ”ޕީ.އާރު.ޕީ(PRP) “ މެދުވެރިކޮށް އާ ކަށި އުފެއްދުމަށް މަގުފަހިކޮށްދޭނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއީ ’މިނިމަލީ އިންވޭސިވް‘ ނުވަތަ ހަށިގަނޑުން ވަރަށް ކުޑަ ތަންކޮޅެއް ކަފައިގެން ކުރިއަށްގެންދާ ސާޖަރީއަކަށް ވުމުން، ބަލިމީހާ އުފުލަންޖެހޭ ތަކުލީފުތައް ކުޑަވެ، ފަރުވާއަށްފަހު އަވަހަށް ފަސޭހަވުމުގެ ފުރުސަތު ބޮޑުވެގެންދާކަމަށްވެސް ވިދާޅުވިއެވެ.

ހަލީމް ވަނީ ސިއްހީދާއިރާ އަށް ރައީސް މުޢިއްޒު ގެނެސްދެއްވާ އިންޤިލާބީ ބަދަލު ފާހަގަކުރައްވާ ޝުކުރު ދަންނަވާފައެވެ.

”ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކޮށް، މިފަދަ ޒަމާނީ ފަރުވާތައް ދިވެހި ރައްޔިތުންނަށް ފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ ޚާއްސަ އަހަންމިއްޔަތުކަމާއި އެހީތެރިކަމަށް، އެމަނިކުފާނަށް ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން“ ހަލީމް ވިދާޅުވިއެވެ.

ހަލީމް ވަނީ މި ޚިދުމަތް ތަޢާރަފުކުރުމުގައި ދަރުމަވަންތަ ހޮސްޕިޓަލް އަދި އައި.ޖީ.އެމް.އެޗްގެ ކަށީގެ ބަލިތަކާބެހޭ ޑިޕާޓްމަންޓުގެ ހީވާގި ޑޮކްޓަރުންނާއި، ނަރުހުން އަދި ޓެކްނިކަލް މުވައްޒަފުންގެ އިތުރުން މިކަމުގައި ބައިވެރިވި ހުރިހާ މުވައްޒަފުން ކުރެއްވި މަސައްކަތް ފާހަގަކޮށް، އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އިތުރަށް ހަލީމް ވިދާޅުވީ މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ އަމާޒަކީ ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުން ކަމަށެވެ.

ދާދިފަހުން ހާޓް އެޓޭކް ޖެހޭ މީހުންނަށް ދެވޭ އަވަސް ފަރުވާގެ ޚިދުމަތް މާލޭގެ ބޭރުން، ފުރަތަމަ ފަހަރަށް އައްޑޫ ސިޓީގައި ވަނީ ކާމިިޔާބު ކަމާއެކު ފަށާފައެވެ. އަދި މީގެ އިތުރުން، ހިތުގެ މައްސަލަތަކަށް ބޭނުންވާ ”އައި.ސީ.ޑީ“ އަދި ”ޕާމަނަންޓް ޕޭސްމޭކަރ“ ހަރުކުރުމުގެ ޚިދުމަތްވެސް ވަނީ ތަޢާރަފުކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި