Wednesday, 9 September 2026
Ads by

މިއަދުގެ ޚުޠުބާގައި ގޮވާލީ މަރަށް ތައްޔާރުވެ ތިބުމަށް!

މިއަދުގެ ޚުޠުބާގައި ގޮވާލީ މަރަށް ތައްޔާރުވެ ތިބުމަށް!

މަރަކީ ކޮންމެ އިންސާނަކާވެސް ބައްދަލުކުރާނޭ، އެއްވެސް މީހަކަށް އިންކާރު ނުކުރެވޭނޭ ބޮޑު ޙަޤީޤަތެއްކަން ހަނދާންކޮށްދީ، މަރުވާނެ ދުވަހަކަށް ނުވަތަ މަރަށް ތައްޔާރުވުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

Ad Image
Ads by

މިއަދު އިއްވި ހުކުރު ޚުތުބާގެ މައުޟޫޢު އަކީ ”މަރު“ އެވެ. މި ޚުޔުބާގައި ބުނީ މަރަކީ ކޮންމެ އިންސާނަކާ ވެސް ކުރިމަލާންޖެހޭނޭ ޙަޤީޤަތެއް ކަމަށާަ، މި ޙަޤީޤަތާ މެދު އެއްވެސް މީހަކު ޚިޔާލުތަފާތުވެފައެއް ނުވާ ކަމަށެވެ. އަދި އެމީހަކު ދުނިޔޭގައި އެއްކުރި މުދަލާއި، ލޯބިވާ އަނބިދަރީންނާއި، ގެދޮރާއި، ބިނާކޮށްފައިވާ ވިޔަފާރިއާއި، މި ދުނިޔޭގެ ޒީނަތުގައި ހޭދަކުރަމުން ދިޔަ އުފާވެރި ދުވަސްތައް ދޫކޮށް، ދުނިޔެއިން ވަކިވާން ޖެހޭ ވަގުތަކީ އާދައިގެ ވަގުތެއްނޫން ކަމަށެވެ.

ޚުޠުބާގައި ވަނީ މާތް الله ވަޙީ ބަސްފުޅަށް އަލިއަޅުއްވާލާފައެވެ.

މާތް الله ވަޙީ ކުރެއްވިއެވެ. ”އަދި މަރުގެ ސަކަރާތް ޙައްޤު ގޮތުގައި އަންނަ ހުށްޓެވެ. އެއީ ތިބާ އެޔަށް ފިލާން އުޅޭ ކަމުގައިވީ މަރެވެ.“

ޚުތުބާގައި އިތުރަށް ބުނީ މަރުން ރެކިގަނެވޭނޭ ހަމަ އެކަކު ވެސް ނުވާ ކަމަށެވެ. އެއީ ކިތަންމެ އާރާއި ބާރެއްގެ ވެރިއެއްކަމުގައި ވިޔަސް، އޭނާގެ ގާތަށް މަރު އަންނާނެ ކަމަށާ ދުނިޔޭގެ ރަސްރަސްކަލުންގެ ގަނޑުވަރުތަކުގައި އެތައް ބަޔަކު ފާރަވެރިވެ، އެ މީހުން ހިމާޔަތްކުރުމަށް ތިއްބައި އެމީހުންނާވެސް މަރު ބައްދަލުކުރަނީ ހުއްދަހޯދައިގެން ނޫން ކަމަށް ބުނެފައިވއެވެެ.

މާތް الله ވަޙީކުރައްވައިފައި ވެއެވެ. ”އުސްވެގެންވާ ގަދަފަދަ ކިއްލާތަކެއްގެ ތެރޭގައި ތިޔަބައިމީހުން ތިބިކަމުގައިވިޔަސް، ތިޔަބައިމީހުން ތިބި ކޮންމެ ތަނަކުން މަރު، ތިޔަބައިމީހުން އަތުލާނެތެވެ.“

މާތް اللهގެ އަމުރުފުޅު އައުމުން ވަގުތުން އެ މީހެއްގެ މަރުހިއްޕަވާނެ ކަމަށާ، މީހާގެ ޢުމުރަކަށް، ބަލިޙާލަތަކަށް، މީހާގެ މުއްސަނދިކަމާއި ފަޤީރުކަމަކަށް، މާތްކަމާއި މަތިވެރިކަމަކަށް މަރު ނުބަލާނެކަމަށާޢި، އެހެންކަމުން، މަރުވާނެކަމާއި، މަރާ ކުރިމަތިލާން ޖެހޭނޭކަން ދަނެ، އެ ކަމަށް ތައްޔާރުވާށް ޚުތުބާގައި ވަނީ ގޮވާލާފައެވެ. އެގޮތުން ހެޔޮ ޢަމަލުތައް ގިނަކޮށް، ނުބައި ކަންކަމުން ދުރުވެ، ގިނަގިނައިން މަރު ހަނދާންކުރާން ވަނީ އިލްތިމާސްކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި