Wednesday, 9 September 2026
Ads by

ޓައިވާނުގެ ބޭރު ރަށްތަކަށް ޗައިނާއިން ކުރާ ފިއްތުންތައް އިތުރުކޮށްފި

ޓައިވާނުގެ ބޭރު ރަށްތަކަށް ޗައިނާއިން ކުރާ ފިއްތުންތައް އިތުރުކޮށްފި

ތައިވާނުގެ ހަމަނުޖެހުން - އެއްވެސް ބަޔަކަށް "ކާމިޔާބެއް" ލިބޭނެތަ؟ (ފޮޓޯ: އިންޓަނެޓު)

ތައިޕޭ – ދުނިޔޭގެ ސަމާލުކަން މެދުއިރުމައްޗަށް ހުއްޓިފައިވާ ދަނޑިވަޅެއްގައި، ޗައިނާއިން ދަނީ މި ފުރުސަތުގެ ބޭނުން ވަރަށް ހަރުކަށިކޮށް ހިފަމުންނެވެ. ޗައިނާގެ ކޯސްޓްގާޑާއި ”މެރިޓައިމް މިލިޝިއާ“ ގެ ރެކޯޑް އަދަދެއްގެ އުޅަނދުފަހަރު މިއަދު ވަނީ ކިންމަން އަދި މަޓްސޫ ރަށްތަކުގެ ވަށައިގެންވާ ކަނޑުގެ ސަރަޙައްދަށް ޖަމާވެފައެވެ. މާހިރުން މިކަމަށް ކިޔަނީ ”ގްރޭ ޒޯން“ ހަނގުރާމައެވެ. މިއީ ސީދާ ހަނގުރާމައަކާ ހަމައަށް ނުގޮސް، ނަމަވެސް ގައުމެއްގެ މިނިވަންކަމާއި އިސްތިގުލާލު ނިގުޅައިގަތުމަށް ރޭވިގެން ހިންގާ ޢަމަލުތަކެއް ކަމަށެވެ.

Ad Image
Ads by
މެޕު: ޗައިނާއާއި ޓައިވާން (ފޮޓޯ: ބީބީސީ)

އަސްކަރީ މަނަވަރުތަކުގެ ބަދަލުގައި، އާންމު ހެދުމުގައި ތިބޭ ގާނޫނު ތަންފީޒުކުރާ އުޅަނދުފަހަރު ބޭނުންކޮށްގެން ޗައިނާއިން މި ދަނީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ބާރު ކަނޑުވާލުމަށް މަސައްކަތް ކުރަމުންނެވެ. ޓައިވާނުން ބާރުގެ ބޭނުންކޮށްފިނަމަ، އެއީ ޗައިނާއަށް ދިން ހަމަލާއެއްގެ ގޮތުގައި އެ ގައުމުން ސިފަކުރެއެވެ. އަދި ޓައިޕާނުން އެއްވެސް ފިޔަވަޅެއް ނާޅައިފިނަމަ، އެ ސަރަޙައްދުގެ ކޮންޓްރޯލް ތައިވާނަށް ގެއްލިގެންދެއެވެ. މިފަދަ ރޭވުންތެރި އުކުޅުތަކުން ދޭހަވަނީ، ދުނިޔޭގެ ނުތަނަވަސްކަމުގެ ބޭނުން ހިފައިގެން، މަނާ ސަރަޙައްދުތަކުގައި ޗައިނާގެ ބާރު ދާއިމީކުރުމަށް މަސައްކަތްކުރާ ކަމެވެ. މިއީ ހުޅަނގުގެ ގައުމުތައް މެދުއިރުމައްޗާއި ޔޫކްރެއިންގެ ހަނގުރާމައިގައި ތާށިވެފައި ތިއްބާ، ކުރިމަގުގައި ތައިވާން ބަންދުކޮށްލުމަށް ބޭނުންވާ ބިންގާ އެޅުމަށް ކުރާ ކަމެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި