Wednesday, 9 September 2026
Ads by

ހުޅުމާލެ ހޮސްޕިޓަލުން ވައްކަންކުރި މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ހޯދައިފި

ހުޅުމާލެ ހޮސްޕިޓަލުން ވައްކަންކުރި މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ހޯދައިފި

ހުޅުމާލޭ ހޮސްޕިޓަލުން ވައްކަންކުރި މީހާ--- ފޮޓޯ: ދިވެހި ފުލުހުންގެ ޚިދުމަތް

ހުޅުމާލެ ހޮސްޕިޓަލުން އެކި ދުވަސްމަތިން ވައްކަންކޮށްފައިވާ މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށް، އެ ހޮސްޕިޓަލުން ވަގަށް
ނަގާފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި ފުލުހުން ހޯދައިފިއެވެ.

Ad Image
Ads by

ފުލުހުން ހާމަކުރި ގޮތުގައި ހުޅުމާލެ ހޮސްޕިޓަލުން ވައްކަންކޮށްފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ 2026 މާރިޗު 22 ވަނަ ދުވަހުއެވެ. މި މައްސަލައިގެ ތަހުގީގަށް ލިބުނު މައުލޫމާތުގެ އަލީގައި، ކޯޓު އަމުރެއްގެ ދަށުން މާރިޗު 29 ވަނަ ދުވަހު ވަނީ މީހަކު ހައްޔަރުކޮށްފައެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ މއ. ވިނަރެސް، ޙުސައިން ޝިހާމް (40އ) އެވެ. އޭނާ ހައްޔަރުކުރުމަށްފަހު، އޭނާ ދިރިއުޅޭ އެޕާޓްމަންޓު ބަލައިފާސްކުރިއިރު، ހުޅުމާލެ ހޮސްޕިޓަލުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ގިނަ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އޭގެ ތެރޭގައި ކޮމްޕިއުޓަރު ސިސްޓަމްތަކާއި، ޕްރިންޓަރުގެ އިތުރުން އިލެކްޓްރޯނިކް އެހެނިހެން ސާމާނު ހިމެނެއެވެ.

ޙުސައިން ޝިހާމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބެހެއްޓުމަށް ހަތް ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް އެ މުއައްސަސާއިން ބުނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި