Sunday, 26 July 2026
Ads by

ކުޅުދުއްފުށީގައި ތަރައްޤީކުރާ 2،000 ހައުސިންގ ޔުނިޓުގެ ޢަމަލީ މަސައްކަތް ފަށައިފި

ކުޅުދުއްފުށީގައި ތަރައްޤީކުރާ 2،000 ހައުސިންގ ޔުނިޓުގެ ޢަމަލީ މަސައްކަތް ފަށައިފި

ކުޅުދުއްފުށި ސިޓީގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ 2،000 ހައުސިންގ ޔުނިޓްގެ ޢަމަލީ މަސައްކަތް ފެށުން--- ފޮޓޯ: އެޗްޑީސީ

ކުޅުދުއްފުށި ސިޓީގައި ތަރައްޤީކުރާ 2،000 ހައުސިންގ ޔުނިޓްގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

Ad Image
Ads by

މި ހައުސިންގ ޔުނިޓްތަކުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ އެކަމަށްޓަކައި އެ ސިޓީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައެވެ.

ކުޅުދުއްފުށި ސިޓީގައި ތަރައްޤީކުރާ 2،000 ހައުސިންގ ޔުނިޓްގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ، މި ހައުސިންގ ޔުނިޓުތަކުގެ ބިންގާއަޅުއްވައިދެއްވީ، ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބާއި، ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމާއި، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ބްރިގޭޑިޔާރ ޖެނެރަލް (ރިޓަޔަރޑް) ޢަލީ ޒުހައިރުގެ އިތުރުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާވޫދާއި، ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު ފަރުހަތު މުޙައްމަދެވެ.

މިއީ ކުޅުދުއްފުށްޓަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން އެޗްޑީސީއާއި ޙަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރެވޭ ހައުސިންގ ޔުނިޓްތަކުގެ ތަފްޞީލް:

  • މި މަޝްރޫޢުގެ ދަށުން ޖުމުލަ 14 ފަންގިފިލާގެ 13 ޓަވަރު ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައި
  • ޓަވަރުތަކުގެ ކޮންމެ ފަންގިފިލާއެއްގައި 12 ޔުނިޓް ހުންނާނެ
  • ޔުނިޓްތަކުގެ ބޮޑުމިނުގައި 900 އަކަފޫޓު ހުންނާނެ
  • ކޮންމެ ޔުނިޓެއްގައި ތިން ކޮޓަރި ހިމެނޭނެ

ކުޅުދުއްފުށި ސިޓީއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯއްދަވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެއްކަން ފާހަގަކޮށްލެވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި