Wednesday, 9 September 2026
Ads by

”ޖަލީލަކީ ޤައުމީ ވިސްނުމުގައި މަސައްކަތް ކޮށްދެއްވާނެ ބޭފުޅެއް، ޕާޓީގެ ރޫޙު ދޫކޮށްލައި ޖަލީލަށް ވޯޓު ދެއްވާ“

”ޖަލީލަކީ ޤައުމީ ވިސްނުމުގައި މަސައްކަތް ކޮށްދެއްވާނެ ބޭފުޅެއް، ޕާޓީގެ ރޫޙު ދޫކޮށްލައި ޖަލީލަށް ވޯޓު ދެއްވާ“

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު--- ފޮޓޯ: ޕީއެންސީ

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ކޮންގްރެސް ޕާޓީގެ ފަރާތުން މާލޭ ސިޓީގެ މޭޔަރަކަމަށް ވާދަކުރައްވާ ކެންޑިޑޭޓް މޫސާ ޢަލީ ޖަލީލަކީ ޤައުމީ ވިސްނުމުގައި މަސައްކަތް ކޮށްދެއްވާނެ ބޭފުޅެއް ކަމަށާއި, އެހެންކަމުން ސިޔާސީ ޕާޓީގެ ރޫޙު ދޫކޮށްލައި ހުރިހާ ފަރާތްތަކުން ވެސް އެ ބޭފުޅާއަށް ވޯޓު ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.

Ad Image
Ads by

ރައީސް މުޢިއްޒު މި މޭރުމުން ވިދާޅުވީ، ކޮންގްރެސް ޕާޓީން އަރޓިފިޝަލް ބީޗު ސަރަޙައްދުގައި ރޭ ކުރިއަށްގެންދިޔަ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، މި ސަރުކާރަށް މުހިންމީ އަމިއްލަ އެދުންތައް އިސްކުރާ ކެންޑިޑޭޓަކަށްވުރެ ބޮޑަށް ޤައުމު އިސްކުރާ ކެންޑިޑޭޓެއް ކަމަށެވެ. އެހެންކަމުން ކޮންގްރެސް ޕާޓީގެ ޓިކެޓުގައި މާލޭ ސިޓީގެ މޭޔަރަކަށް އިންތިޚާބު ކުރަން ބޭނުންފުޅުވީ ޤައުމީ ވިސްނުން އިސްކުރައްވާނެ ފަދަ ބޭފުޅެއްކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ޖަލީލަކީ މާލޭ ސިޓީގެ ރައްޔިތުންނާއި އެ ސިޓީގައި ދިރިއުޅޭ ރައްޔިތުން އެދޭ ގޮތަށް ކަންކަން ކޮށްދެއްވުމުގައި އިޙްލާޞްތެރިކަމާއެކު މަސައްކަތް ކޮށްދެއްވާނެ ފަދަ ބޭފުޅެއްކަމާއިމެދު އެއްވެސް ޝައްކެއް ނުކުރައްވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު މާލޭ ސިޓީގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު، އެ ސިޓީގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ތަންފީޒުކުރުމަށް، މާލޭ ސިޓީ ކައުންސިލުގެ އެއްބާރުލުން ސަރުކާރަށް ބޭނުންވާ ކަމަށެވެ.

”މާލޭގެ ލޮބުވެތި ރައްޔިތުންގެ ކިބައިން އަޅުގަނޑު އެދެނީ އަޅުގަނޑުމެންގެ ޤައުމީ ބަޠަލު މޫސާ ޢަލީ ޖަލީލަށް ތާއީދުކުރައްވައި 4 އޭޕްރީލް ވަނަ ދުވަހު އޮންނަ ވޯޓުގައި އެމަނިކުފާނު ހޮއްވަވައި ދެއްވުމަށް،“ – ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، މިއަދު ދިވެހިން މިނިވަންކަންމަތީގައި ތިބީ 3 ނޮވެމްބަރުގެ ޢުދުވާނީ ޙަމަލާއިން ޤައުމު ސަލާމަތް ކޮށްދިނުމަށް އާންމުންނާއި ސިފައިން އެ ދުވަހު ކުރި ބުރަ މަސައްކަތުން ކަމަށެވެ. ވަކިން ޚާއްޞަކޮށް އެ ދުވަހުގެ ބަޠަލު މޫސާ ޢަލީ ޖަލީލް، މޭ އައްޑަނައަށް ދިއްކޮށްލައްވައިގެން ދުޝްމަނުންނާއި ދެކޮޅަށް ކުރެއްވި މަސައްކަތް މިއަދުގެ ޒުވާން ޖީލަށް ނޭނގިދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި