Wednesday, 9 September 2026
Ads by

މާލެއަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރެވޭނީ ސަރުކާރަށް އެއްބާރުލުންދޭ ކައުންސިލެއް ހޮވައިގެން: ޖަލީލް

މާލެއަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރެވޭނީ ސަރުކާރަށް އެއްބާރުލުންދޭ ކައުންސިލެއް ހޮވައިގެން: ޖަލީލް

މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ ޢަލީ ޖަލީލް--- ފޮޓޯ: ޕީއެންސީ

މާލޭ ސަރަޙައްދަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރެވޭނީ ސަރުކާރަށް އެއްބާރުލުންދޭނެ ކައުންސިލެއް ހޮވައިގެން ކަމަށް ކޮންގްރެސް ޕާޓީގެ ފަރާތުން މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓް މޫސާ ޢަލީ ޖަލީލް ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މޫސާ ޢަލީ ޖަލީލް މި މޭރުމުން ވިދާޅުވީ، ކޮންގްރެސް ޕާޓީން އާރޓިފިޝަލް ބީޗު ސަރަޙައްދުގައި ރޭ ކުރިއަށްގެންދިޔަ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އޭނާ ވިދާޅުވީ، ފާއިތުވި ދެތިން އަހަރެއްހައި ދުވަހުގެ ތެރޭގައި މާލޭ ސިޓީގެ ތަރައްޤީއަށް ސަރުކާރުން ފަށާފައިވާ އެތައް މަޝްރޫޢަކަށް ސިޓީ ކައުންސިލުން އެއްބާރުލުން ނުދިނުމުގެ ސަބަބުން، އެކަމުގެ ހުރިހާ ދަތިތަކެއް އާންމު ރައްޔިތުންނަށް ކުރިމަތިވެފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލޭ ސިޓީގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު އެކުލަވާލި ސްޓްރެޖިކް އެކްޝަން ޕްލޭން ނުވަތަ އެސްއޯޕީ އަކީ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ ކަންކަން ހިމަނައިގެން ތައްޔާރުކޮށްފައިވާ ޕްލޭނެއްކަން ފާހަގަކުރައްވަމުން ޖަލީލް ވިދާޅުވީ، އެ ޕްލޭންގެ އެންމެ ކުރީގައި އޮތީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމުގެ ވާހަކަތައް ކަމަށެވެ.

”މާލޭ ސިޓީގެ އެތައް ރައްޔިތުންނަކާ ގުޅިފައިވާ އެންމެ އަސާސީ ޙައްޤަކީ ބޯހިޔާވަހިކަން. މިއީ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލޭގެ މޭރަކަށް ވަޑައިގެން އެކުލަވާލެއްވި ސްޓްރެޖެޓިކް އެކްޝަން ޕްލޭންގައި ނަންބަރު އެކެއްގައި އޮތް ޚިދުމަތް، – މޫސާ ޢަލީ ޖަލީލް ވިދާޅުވިއެވެ.

ރަސްމާލެ ހިއްކުމުގެ ބިޔަ މަޝްރޫޢާއެކު މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނެކަމަށް މޫސާ ޢަލީ ޖަލީލް ވަނީ ވިދާޅުވެފައެވެ. ޖަލީލް ވިދާޅުވީ، މާލޭ ސިޓީގެ ކުދިކުދި ތަންތަނުގައި އެތަކެއް ބަޔަކު ދިރިއުޅޭ ކަމަށާއި، އެފަދަ ފަރާތްތަކަށް ތަނަވަސް ގޮތްތަކެއް ހޯދައިދިނުމަށް ސަރުކާރާއި ގުޅިގެން މަސައްކަތްތައް ކުރައްވާނެ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލާއި މާލޭ ސިޓީގެ މޭޔަރަކީ އަމިއްލަ މަންފާއާއި ފައިދާއަށްވުރެ ބޮޑަށް ރައްޔިތުންގެ އިޙްސާސްތައް ދަންނަންޖެހޭ ބަޔަކަށްވާންޖެހޭ ކަމަށާއި، އޭނާގެ މޭޔަރުކަމުގައި ސަރުކާރާއި ގުޅިގެން ރައްޔިތުންނަށް ދިމާވެފައިވާ އެކި މައްސަލަތައް ވަކިން ޚާއްޞަކޮށް ބޯހިޔާވަހިކަމަށް ދިމާވެފައިވާ މައްސަލައާއި މާލޭ ސިޓީގެ މަގުތަކަށް ދިމާވެފައިވާ މައްސަލަ ޙައްލުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާ ކަމަށް ޖަލީލް ވަނީ ވިދާޅުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި