Wednesday, 9 September 2026
Ads by

އެއްވެސް ދަތިކަަމެއްނެތި އަސާސީ ކާބޯތަކެއްޗާއި މުދާ ރާއްޖެއަށް ލިބޭނެ: އިންޑިއާ

އެއްވެސް ދަތިކަަމެއްނެތި އަސާސީ ކާބޯތަކެއްޗާއި މުދާ ރާއްޖެއަށް ލިބޭނެ: އިންޑިއާ

ދިވެހިރާއްޖެއަށް އާންމުކޮށް އެތެރެކުރާ އަސާސީ ބައެއް ކާބޯތަކެއްޗާއި ހިލައާއި ހިލަވެލި ފަދަ ތަކެތި އެއްވެސް ދަތިކަމެއްނެތި ލިބެމުންދާނެ ކަމަށް އެތަކެތި އާންމުކޮށް އެތެރެކުރާ ޤައުމު ކަމަށްވާ އަވައްޓެރި އިންޑިއާއިން ބުނެފިއެވެ.

Ad Image
Ads by

އިންޑިއާ ސަރުކާރުންވަނީ އާންމުކޮށް އެ ތަކެތި އެތެރެކުރާ މިންވަރަށް ވުރެ އިތުރަށް މިއަހަރު ރާއްޖެއަށް އެކްސްޕޯޓް ކުރުމަށް ނިންމާފައެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، ދިވެހި ސަރުކާރުގެ އެދިވަޑައިގަތުމުގެ މަތިން އަސާސީ ބައެއް ކާބޯތަކެއްޗާއި އިމާރާތް ކުރުމަަށް ބޭނުންވާ ތަކެތި އާއްމުކޮށް ރާއްޖެއަށް އެކްސްޕޯޓް ކުރާ މިންވަރަށް ވުރެ އިތުރަށް އެކްސްޕޯޓް ކުރުމަށް އިންޑިއާ ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ ބިސް, އަލުވި، ފިޔާ، ހަނޑޫ، ފުށް، ހަކުރު އަދި މުގުގެ އިތުރުން، ހިލައާއި ހިލަވެލިކަމަށާއި، އަދި ރާއްޖެއިން އެދިފައިވާ މިންވަރަށް މިހުރިހާ ބާވަތެއްވެސް އިންޑިއާއިން ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށްވެސް ހައިކޮމިޝަން ބަޔާނުގައި ވަނީ ބުނެފައެވެ.

https://twitter.com/HCIMaldives/status/2039319576492855369/photo/1

އިންޑިއާއިން އަސާސީ ކާބޯތަކެއްޗާއި އެހެނިހެން މުދާ، އެހެން ޤައުމުތަކަަށް އެކްސްޕޯޓް ކުރުން ހުއްޓާލާ ހާލަތެއްގައިވެސް، ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން އެ ޤައުމުން ވަނީ ދީފައެވެ. އަދި ނެއިބަރހުޑް ފަސްޓް ޕޮލިސީގެ ދަށުން ރާއްޖޭގެ ތަރައްޤީއަށް އިންޑިއާއިން ކުރާ މަސައްކަތުގައި ދެމިއޮންނާނެ ކަމަށްވެސް އިންޑިޔާ ހައިކޮމިޝަނުން ނެރުއްވި ބަޔާނުގައިވެއެވެ.

މީގެ އިތުރުން އިންޑިއާާއިން ރާއްޖެއަށް ޚާއްސަ ކޯޓާއެއްގެ ދަށުން އަސާސީ މުދާ އެކްސްޕޯޓް ކުރުމަށް 1981 ވަނަ އަހަރު އެއްބަސްވުމެއް ޤާއިމުކޮށްފައިވާއިރު، އެ އެއްބަސްވުމުގެ ދަށުން އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް މުދާ އެކްސްޕޯޓް ކުރާ ފަހަރަކީ މިއީ ކަމަށްވެސް އިންޑިއާއިން ވަނީ ފާހަގަކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި