މާލޭ ސިޓީގެ ގެއެއްގެ ތެރެއިން މަރުވެފައި އޮތް އަންހެނަކު ފެނިއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައި އޮއްވާ ފެނިފައިވަނީ، ނ. ވެލިދޫއަށް ނިސްބަތްވާ 33 އަހަރުގެ އަންހެނެކެވެ. އޭނާ މަރުވެފައި އޮއްވާ ފެނިފައިވަނީ ގަލޮޅު ކަންމަތީގައި ހުންނަ ”ވެސްޓްލައިޓް“ ގޭގައެވެ. މި މައްސަލައާއި ގުޅިގެން ބައެއް ނޫސްތަކުން އަންނަނީ، ގިނަ ބަޔަކުވެގެން އެ އަންހެން މީހާ ދަންޖައްސައި މަރާލީކަމަށް ރިޕޯޓްކުރަމުންނެވެ.
ނަމަވެސް މިކަން ދޮގުކޮށް ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، މި މައްސަލާގައި ހިމެނޭ އަންހެން މީހާ މަރުވެފައިވަނީ އަމިއްލައަށް ކަމަށެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ، އަމިއްލައަށް މަރުވުން ނުވަތަ އަމިއްލައަށް މަރުވާން އުޅުމުގެ މައްސަލަތަކުގެ މަޢުލޫމާތު ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަނުކުރާނެ ކަމަށެވެ.












