Wednesday, 9 September 2026
Ads by

މާލޭ ސިޓީއަށް ނިސްބަތްވާ ގިނަ ވިޔަފާރިވެރިންގެ ތާއީދު ވެސް މޫސާ ޖަލީލަށް!

މާލޭ ސިޓީއަށް ނިސްބަތްވާ ގިނަ ވިޔަފާރިވެރިންގެ ތާއީދު ވެސް މޫސާ ޖަލީލަށް!

މާލޭ ސިޓީގެ ވިޔަފާރިވެރިންނާއިއެކު މޫސާ ޢަލީ ޖަލީލް---

މާލޭ ސިޓީއަށް ނިސްބަތްވާ އެތަށް ވިޔަފާރިންގެ ތާއީދު ވެރިކަންކުރާ ޕާޓީ ޕީއެންސީގެ ފަރާތުން މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓް މޫސާ ޢަލީ ޖަލީލަށް ދީފިއެވެ.

Ad Image
Ads by

ވިޔަފާރިވެރިންގެ ތާއީދު މޫސާ ޢަލީ ޖަލީލަށް އޮތްކަން އެ ފަރާތްތަކުން ހާމަކޮށްފައިވަނީ، މާލޭ ސަރަޙައްދުގައި ހިންގާ ގިނަ އަދަދެއްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވެފައިވާ ގުދަންކުރުމާއި އުޅަނދުފަހަރު ޕާކުކުރުމުގެ މައްސަލަތަކަށް ސަރުކާރާއި ގުޅިގެން ޙައްލު ހޯދުމުގެ މަޤްޞަދުގައި، މާލޭގެ މަންހައްޓަން ރެސްޓޯރަންޓުގައި މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ.

މާލޭ ސިޓީގެ ތަރައްޤީއަށް ކުރިމަތިވެފައިވާ ހުރަސްތައް ނައްތާލެވޭނީ ސަރުކާރުގެ ސިޔާސަތުތަކަށް ފުރިހަމައަށް އެއްބާރުލުންދޭ، ސަރުކާރާއި ގުޅިގެން މަސައްކަތްކުރާ އިދާރާއަކަށް މާލޭ ސިޓީ ކައުންސިލް ހަދައިގެންކަން ފާހަގަކުރަމުން ބައްދަލުވުމުގައި ބައިވެރިވި ވިޔަފާރިވެރިން ބުނެފައިވަނީ، މާލޭ ސިޓީއަށް ދިމާވެފައިވާ މިފަދަ މައްސަލަތަކަށް ޙައްލު ހޯއްދަވައިދެއްވާނެ ކެންޑިޑޭޓަކީ މޫސާ ޢަލީ ޖަލީލް ކަމަށެވެ.

މި ބައްދަލުވުމުގައި ވިޔަފާރިވެރިން ވަނީ އެ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާއި ދަތިތައް މޫސާ ޢަލީ ޖަލީލާއި ޙިއްޞާކުރައްވައިފައެވެ. ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ފަހު، ޖަލީލު ވިދާޅުވީ، މުދާ ރައްކާކުރުމާއި އުޅަނދުފަހަރު ޕާކުކުރުމަށް ދިމާވާ ދަތިތައް ނައްތާލުމަށް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ފަށާފައިވާކަމަށެވެ. މީގެ އިތުރުން، އަލަށް ވިޔަފާރިއެއް ފަށަން ބޭނުންވާ ޒުވާނުންނަށާއި، މިހާރު ހިނގަމުންދާ ކުދި ވިޔަފާރިތަކަށް ފަހި މާޙައުލެއް ޤާއިމުކޮށްދިނުމުގެ ފުރިހަމަ ތަޞައްވުރެއް ގެންގުޅުއްވާކަމަށް ޖަލީލު ވަނީ ވިދާޅުވެފައެވެ.

މޫސާ ޢަލީ ޖަލީލް ވަނީ މާލޭ ސިޓީގެ މޭޔަރުކަމަށް އިންތިޚާބުވެވަޑައިގެންފިނަމަ، މާލޭ ސިޓީގެ ރައްޔިތުންނާއި ގުޅުންހުރި ބޮޑެތި ކަންކަން ނިންމުމުގައި ހުރިހާ ރައްޔިތުންގެ ވެސް ޚިޔާލާއި މަޝްވަރާ ހޯއްދަވާނެކަމުގެ ޔަޤީންކަން ދެއްވައިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި