Sunday, 25 October 2026
Ads by

ސްވިފްޓުން ރާއްޖެ ސަސްޕެންޑެއް ނުކުރޭ، ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް: ޝަރީފް

ސްވިފްޓުން ރާއްޖެ ސަސްޕެންޑެއް ނުކުރޭ، ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް: ޝަރީފް

ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ސްވިފްޓުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ސަސްޕެންޑްކޮށްފައިވާ ކަމަށް ބުނެ މީސް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް ޙަޤީޤަތެއް ނެތް ދޮގު ވާހަކަތަކެއްކަމަށް އެ ބޭންކުގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ޝަރީފް މި މެރުމުން ވިދާޅުވީ، ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެނަށް“ ސިޔާސަތުގެ ދަށުން ބީއެމްއެލްގެ ސަބްސިޑަރީ ކުންފުނި، ބީއެމްއެލް އެފޯރޑަބަލް ލީޒިންގ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ތަރައްޤީކުރާ 364 ހައުސިންގ ޔުނިޓްގެ ޢަމަލީ މަސައްކަތް ފެށުމަށް ރޭ ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ސްވިފްޓުން ބީއެމްއެލް ސަސްޕެންޑްކޮށްފައިވާ ކަމަށާއި، އެކަމުގެ ސަބަބުން ޓީޓީ ފަދަ ކްރޮސްބޯޑަރ ޕޭމަންޓްތައް ނުހެދޭ ކަމަށް ބުނެ މީސް މީޑިއާގައި ކާކުކަން ނޭނގޭ ގޮތަށް ހިންގަމުން އަންނަ އައިޑީތަކުން، އަންނަނީ އެ ބޭންކާ ގުޅޭގޮތުން ދޮގު ވާހަކަތަކެއް ފަތުރަމުންނެވެ.

ކާކުކަން ނޭނގޭ ގޮތަށް ހިންގަމުން އަންނަ އެފަދަ އައިޑީތަކުން ފަތުރަމުންދާ ވާހަކަތައް ދޮގު ކުރައްވަމުން ޝަރީފް ވިދާޅުވީ، ބީއެމްއެލްއާ ގުޅޭ މަޢުލޫމާތުތައް ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދޭނީ، ސީދާ އެ ބޭންކުން ނުވަތަ މަރުކަޒީ ބޭންކު އެމްއެމްއޭއިން އެކަނި ކަމަށެވެ. އެހެންކަމުން ކާކުކަން ނޭނގޭ ގޮތަށް މީސް މީޑިއާގައި ފަތުރާ ދޮގު ވާހަކަތަކަށް ހުރިހާ ފަރާތްތަކުން ވެސް ސަމާލުވުމަށް އިލްތިމާސްކުރައްވާކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

”މިކަމާ ގުޅިގެން އަޅުގަނޑު ދަންނަވާލަން އޮތީ މިއީ އެއްވެސް ޙަޤީޤަތެއް ނެތް ދޮގު ވާހަކަތަކެކޭ. ސްވިފްޓުން ސަސްޕެންޑެއްވެސް ނުކުރޭ، ބޭންކުގައި ބޭރު ފައިސާގެ ލިކިއުޑިޓީ ހުންނަންޖެހޭ ވަރަށް އެބަހުރި،“ – ޝަރީފް ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ، ދުނިޔެ މިއަދު ކުރިމަތިލާންޖެހިފައިވާ މި ހައްސާސް ދަނޑިވަޅުގައި މިފަދަ ދޮގު ވާހަކަތައް ފެތުރުމުގެ ބޭނުމަކީ ބޭންކުގެ ޕާޓްނަރުންނާއި ކަސްޓަމަރުންގެ މެދުގައި ނުބައި ތަސައްވުރެއް އުފައްދައި، ރާއްޖޭގެ ބޭންކިންގ ނިޒާމާއި އިޤްތިޞާދަށް ގެއްލުން ދިނުން ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި