Wednesday, 9 September 2026
Ads by

”ބަފަރ ޒޯން“ ތަކުގެ ބޭރުން: އީރާނު ހަނގުރާމަ ނިވާފަތްގަނޑަކަށް ހަދައި، ޓެރަރިޒަމާ ދެކޮޅަށް ކަމަށް ބުނެ އިޒްރޭލުން ދެކުނު ލުބުނާނުގެ ބިންތައް ފޭރެނީ

”ބަފަރ ޒޯން“ ތަކުގެ ބޭރުން: އީރާނު ހަނގުރާމަ ނިވާފަތްގަނޑަކަށް ހަދައި، ޓެރަރިޒަމާ ދެކޮޅަށް ކަމަށް ބުނެ އިޒްރޭލުން ދެކުނު ލުބުނާނުގެ ބިންތައް ފޭރެނީ

އާދިއްތަ ދުވަހު ލުބުނާނުގެ ބޯޑަރާ ކައިރި، އިސްރާއީލުގެ އުތުރުގައިވާ ޖަލީލުލް އަޢުލާ ސަރަޙައްދުގައި އިސްރާއީލުގެ ސިފައިން ހަރަކާތްތެރިވަނީ. (ފޮޓޯ: މެނަހެމް ކަހާނާ / އޭ.އެފް.ޕީ، ގެޓީ އިމޭޖަސް މެދުވެރިކޮށް)

ބައިރޫތު – އީރާނާއެކު ހިނގަމުންދާ ހޫނު ހަނގުރާމަ ނިވާފަތްގަނޑަކަށް ހަދައި، އިޒްރޭލުގެ ފައުޖުތަކުން ލުބުނާނަށް ދެމުން ގެންދާ ހަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފައެވެ. ބުދަ ދުވަހު ބައިރޫތުގެ ދެކުނުން އޮންނަ ޖުނާހް ސަރަޙައްދަށާއި އައްސޭރިފަށުގެ ރަށެއް ކަމަށްވާ ޚަލްދޭއަށް އަމާޒުކޮށް ދިން ހަމަލާތަކުގައި މަދުވެގެން 7 އާންމުން ޤަތުލުކޮށްލައި، އެތައް ބަޔަކު ވަނީ ޒަޚަމްކޮށްލާފައެވެ.

Ad Image
Ads by
ބުދަ ދުވަހުގެ ފަތިހު އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ސުންނާފަތިވި، ލުބުނާނުގެ ދެކުނުގައިވާ ހެބާރީޔޭ އަވަށުގެ ޕެރާމެޑިކް ސެންޓަރެއްގެ ކުނިބުނީގެ ތެރޭގައި، ޕެރާމެޑިކް މަސައްކަތްތެރިން ގެއްލިފައިވާ މީހުން ހޯދަނީ. (ފޮޓޯ: މުޙައްމަދު ޒަޢުތަރީ / އެސޯސިއޭޓެޑް ޕްރެސް)

އިޒްރޭލުގެ ދިފާޢީ ބާރު (އައި.ޑީ.އެފް) އިން މިއީ ހިޒްބުاللهގެ ކޮމާންޑަރުންނާ ދެކޮޅަށް ހިންގާ ”ޓެރަރިޒަމާ ދެކޮޅު“ އޮޕަރޭޝަން ތަކެއްގެ ގޮތުގައި ސިފަކުރި ނަމަވެސް، ސަރަޙައްދީ މުޙައްލިލުން ފާހަގަކުރަނީ މިއީ ބިން ފޭރުމުގެ ނިޔަތުގައި ހިންގާ ޢަމަލުތަކެއްގެ ގޮތުގައެވެ. ޖުނާހް ފަދަ ޢާންމުން ދިރިއުޅޭ ސަރަޙައްދު ތަކުގައި ހުރި އާންމުންގެ އުޅަނދުތަކަށް އަމާޒުކޮށް ދިން މި ޙަމަލާތަކަކީ، ލުބުނާނުގެ ދައުލަތް ބަލިކަށިކޮށްލުމަށް ރޭވިގެން ހިންގާ ޖަރީމާއެއް ކަމަށް ބެލެވެއެވެ.

މެދުއިރުމަތީގެ މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި، އިޒްރޭލުން ”އީރާނު ހަނގުރާމަ“ ޢުޒުރަކަށް ހަދައިގެން މަސައްކަތް ކުރަނީ، ދެކުނު ލުބުނާނު ދާޢިމީކޮށް ހިފުމަށް އެޤައުމުން ރާވާފާއިވާ ދިގު މުއްދަތުގެ އަމާޒު ޙާޞިލު ކުރުމަށެވެ. ލުބުނާނުގެ ބޯޑަރުން އެތެރެއަށް އިޒްރޭލުގެ ސިފައިން ވަންނަމުންދާ ދިއުމަކީ އެ ޤައުމުގެ މިނިވަންކަމަށް އަރައިގަތުމުގެ އިތުރުން، ”ބަފަރ ޒޯން“ ތައް ހަދައިގެން ބިން ފޭރި އިޒްރޭލުގެ ބައެއްގެ ގޮތުގައި ލުބުނާނު ހެދުމަށް ކުރާ މަސައްކަތެއް ކަމަށް ބެލެވެއެވެ.

ބަފަރ ޒޯނަކީ، ހަނގުރާމަ ކުރާ ދެ ބާރެއްގެ ދެމެދުގައި އިތުރަށް ހަމަނުޖެހުން ކުޑަކުރުމަށްޓަކައި ޙަމަލާ ބަދަލުކުރުން މަނާކަމަށް ކަނޑައަޅާ ސަރަހައްދެކެވެ. މިފަދަ ސަރަޙައްދު ތަކުގެ މަޤްޞަދަކީ ޞުލްޙައަށް މަގުހުޅުވުން ކަމުގައި ވިޔަސް އިޒްރޭލުން ވަނީ މީގެ ކުރިން ފަލަސްޠީނުގެ ބިން ފޭރިގަތުމުގައި ވެސް މިފަދަ ޒޯން ތަކުގެ ނާޖާއިޒު ފައިދާ ނަގައިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
1 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
ނަސީބާ
ނަސީބާ
5 މަސް ކުރިން

މުހިންމު މަޢުލޫމާތު ހިމަނާފާއިވާ ކޮމްޕެކްޓް ޚަބަރެއް. މިދަނޑިވަޅުގައި ދިވެހި ނޫސްވެރިން މިފަދަ ޚަބަރުތަކަށް ފޯކަސް ކުރުން މުހިންމު ކަމުގައި ދެކެން.
ކީޕް އަޕް ދަ ގުޑް ވޯކް ޙަމްޒާ.

Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި