އަލްޖަޒީރާއަށް ދީފައިވާ އިންޓަވިއުއެއްގައި، އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް ޢަރަޤްޗީ ބުނެފައިވަނީ މުޅި މެދުއިރުމަތީ ސަރަހައްދުގައި (އީރާނަށް ގެއްލުންވާގޮތަށް ގެންދާ) ހަނގުރާމަ ވަކިމުއްދަތަކަށް ހަނގުރާމަ މަޑުޖައްސައިލުމަށް އެއްބަސް ނުވާނޭކަމަށާއި، ބޭނުންވަނީ ހަނގުރާމަ އެކުއެކީ ހުއްޓާލުމަށް ކަމަށެވެ. އަދި އެމެރިކާއިން ހަނގުރާމަ ހުއްޓާލުމަށްފަހު ކުރިއަށް އޮތްތަނުގައި ހަމަލާތަކެއް ނުދޭނެ ކަމުގެ ގެރެންޓީއާއި، ލިބިފައިވާ ގެއްލުންތަކުގެ ބަދަލު ދޭންޖެހޭނެކަމަށްވެސް އޭނާ ބުނެފައިވެއެވެ.
އީރާނުން އެމެރިކާ އާއިއެކު މަޝްވަރާނުކުރާނޭކަމަށް ފާހަގަކޮށް، އައްބާސް އިތުރަށް ބުނެފައި ވަނީ “އީރާނާ ހަނގުރާމަނުކުރާ” އެންމެންނަށް ހޮރްމޫޒް ކަނޑުއޮޅި ހުޅުވިފައިވާނޭކަމަށާއި، އެމެރިކާއިން ބިމުގެ މަގުން ސިފައިން ފޮނުވައިގެން ހަމަލާދީފިނަމަ އެކަމާއި ކުރިމަތިލުމަށް އީރާނުން ފުރިހަމަޔަށް ތައްޔާރުވެފައިވާ ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، އެމެރިކާގެ ވޯލް ސްޓްރީޓް ޖާނަލް އިން އެމެރިކާގެ އޮފިޝަލުންނާއި ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި އީރާނުގެ އެތެރެއަށް ސިފައިން ފޮނުވައި 1000 ޕައުންޑުވަރުގެ ޔޫރޭނިއަމް އަތުލައިގަތުމުގެ އޮޕަރޭޝަނެއް ހިނގުމަށް ޓްރަމްޕު ދަނީ ވިސްނަމުންނެވެ.













