Sunday, 25 October 2026
Ads by

ހިޔާ ފްލެޓުތަކުގެ ފިނިޝިން އަށް ޚަރަދުކުރި 2 ލައްކަ ރުފިޔާ ކުލިން އުނިކުރަނީ

ހިޔާ ފްލެޓުތަކުގެ ފިނިޝިން އަށް ޚަރަދުކުރި 2 ލައްކަ ރުފިޔާ ކުލިން އުނިކުރަނީ

ހިޔާ ފުލެޓްތައް---

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ބޮޑު ވައުދެއް ފުއްދުމަށް ހިޔާ ފްލެޓުތަކުގެ ފިނިޝިން އަށް ރައްޔިތުން އަތުން ހޭދަކުރަން ޖެހުނު ފައިސާ ރައްޔިތުންނަށް އަނބުރާ ސަރުކާރުން ދެއްކުމުގެ ގޮތުން ހިޔާ ފްލެޓް ތަކުގެ ދެ އަހަރުގެ ކުލި ކަނޑާލަން ނިންމައިފިއެވެ.

Ad Image
Ads by

ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތަށް އާއްމުން ކޮށްފައިވާ ޚަރަދު އަނބުރާ ދޭން ރައީސް ވެވަޑައިގެންނެވި ވަޢުދު ތަންފީޒުކުރާނެ ގޮތުގެ ތަފްސީލް ހާމަކޮށް، ހިޔާ ފްލެޓްތަކުގެ ވެރިންނަށް މިދިޔަ ހަފްތާ ވަނީ ސިޓީއެއް ފޮނުވާފައެވެ.

އެ ސިޓީގައި ފްލެޓުގެ ފިނިޝިންއާ ގުޅިގެން ކޮންމެ ފްލެޓަކަށް ކަނޑައަޅާފައިވާ 200،000ރ ގެ ޑިސްކައުންޓު ނުދެވި އޮތް އަދަދުން، ފްލެޓުގެ ކުލީގެ ގޮތުގައި ނުދެއްކި ހުރި ފައިސާ އުނިކުރާނެކަމަށް ބަޔާންކޮށްފައިވެއެވެ.

އެސިޓީގައި ވަނީ ހިޔާ ފްލެޓުތަކުގެ ފިނިޝިންއަށް ދިޔަ ހަރަދު ހަމަކުރުމަށް، ކުރިއަށްއޮތް ދެއަހަރުވެސް އެ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން ކުލި ދައްކަން ނުޖެހޭނެކަމަށެވެ. ނަމަވެސް މެއިންޓައިނަންސްފީގެ ގޮތުގައި ކޮންމެ މަހަކުވެސް 1،000ރ ދައްކަންޖެހޭނެކަމަށް ވަނީ ބުނެފައެވެ.

ހިޔާ ޓަވަރުގެ ކޮންމެ އެޕާޓްމަންޓެއްގެ މަހު ކުއްޔަކީ 3،984ރ. އެވެ. މެއިންޓަނެންސް ފީގެ ގޮތުގައި ނަގާ 1،000ރ. އާ އެކު ކޮންމެ މަހަކު އެޗްޑީސީ އަށް ދައްކަން ޖެހެނީ 4،984ރ އެވެ.

ހިޔާ ފްލެޓުތަކުގެ ކުލި ނުދައްކައިގެން މިދިޔަ ޑިސެމްބަރު މަހާ ހަމައަށް އަރާފައިވާ ޖޫރިމަނާތައް ވެސް ސަރުކާރުން ވަނީ މާފުކޮށްދީފައެވެ.

ހިޔާއަށް ގިނަ ކަންތައްތަކެއް މިސަރުކާރުން ކޮށްދެމުން ދާއިރު، މިދިޔަ 5 އަހަރަކީ އެ ސަރަޙައްދަށް އަޅާނުލާ ވީރާނާވަން ދޫކޮށްލާފައިއޮތް ތަނެއްކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ. އެމްޑީޕީ ވެރިކަމުގައި ހިޔާ ފްލެޓްތައް ސިފަކޮށްފައިވަނީވެސް ކޮތަރުކޮށި ތަކެއްގެ ގޮތުގައެވެ. އަދި އޭރުގެ ރައީސް ސޯލިހުގެ އިތުރުން ހައުސިން މިނިސްޓަރު އަސްލަމް ހިމެނޭހެން އެމްޑީޕީގެ ވެރިން ވަނީ ހިޔާ ފްލެޓްތައް ތަޅާލަން ޖެހޭކަމަށްބުނެ އެ ފްލެޓްތަކަށާއި، އެތާގައި އުޅޭ ރައްޔިތުންނަށް ހަޖޫ ޖަހާ ހަދާފައެވެ. އެހެން ނަމަވެސް އެފަހުން އަންނަ ކޮންމެ އިންތިޚާބެއްގައި އެމްޑީޕީން އެ ދާއިރާއަށް ވާދަކުރެއެވެ. ނަމަވެސް އަދި ހުޅުމާލެ އުތުރުން އެމްޑީޕީއަށް އެއްވެސް އިންތިޚާބެއް ކާމިޔާބު ވާގޮތެއް ނުވެއެވެ.

ހިޔާ ސަރަހައްދަށް އާރޯކަމާއި، ދިރުމެއް ގެނެސްދީ ފްލެޓްތަކުގައި ދިރިއުޅޭ އެތައް ހާސް ރައްޔިތުންގެ ތަކުލީފުތައް ލުއިކޮށްދިނުމަށް ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން ލިފްޓްގެ ތާށިކަން ފިލުވުމަށް ޖާގަ ތަނަވަސް ލިފްޓް ހަރުކުރުމުގެ މަޝްރޫޢު ނިންމާ، ކަސްރަތުކުރާނެ މައިދާން، ކުޑަކުދިންގެ ޕާކު، މިސްކިތްތައް، ޖާގަ ތަނަވަސް ބޮޑު ޝަހީދު އަލީ ސްކޫލް، ހިތްފަސޭހަ މައިދާންތައް، މާރުކޭޓު، އަދި ކުޑަކުދިންގެ ލައިބްރަރީފަދަ މުހިންމު އެތައް ކަންތައްތަކެއް މި ދައުރުގެ ތެރޭގައި ހުޅުމާލެ ފޭސް 2 ގައި ވަނީ ކޮށްފައެވެ. މީގެ އިތުރުންވެސް އެޗްޑީސީން އަދި ސަރުކާރުގެ އެހެނިހެން ކުންފުނިތައް ގުޅިގެން ހުޅުމާލެ ތަރައްޤީ ކުރުމުގެ ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތް ދަނީ ކުރަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި