Wednesday, 9 September 2026
Ads by

މާލެ ސަރަހައްދުގައި ގޭސް ރައްކާކުރާނެ އައު ބޮޑު ފެސިލިޓީއެއް ގާއިމުކުރުމަށް ސަރުކާރުން ނިންމައިފި

މާލެ ސަރަހައްދުގައި ގޭސް ރައްކާކުރާނެ އައު ބޮޑު ފެސިލިޓީއެއް ގާއިމުކުރުމަށް ސަރުކާރުން ނިންމައިފި

މާލެ ސަރަހައްދުގައި 1،500 ޓަނުގެ ގޭސް ރައްކާކުރެވޭނެ އިތުރު ފެސިލިޓީއެއް ގާއިމުކުރުމަށް ރާވާފައިވާކަން މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު އިޢުލާނު ކުރައްވައިފިއެވެ.

Ad Image
Ads by

މާލީ ވަޒީރު މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ވަޒީރު ވިދާޅުވީ، ރާއްޖެއަށް މިވަގުތު ގޭސް ފޯރުކޮށްދިނުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށެވެ. ރާއްޖެއަށް ގޭސް ފޯރުކޮށްދޭ ފަރާތަކީ ބަންގްލަދޭޝް ފަދަ ގައުމުތަކަށް ވެސް ގޭސް ސަޕްލައިކުރާ ފަރާތެއް ކަމަށްވުމުން، މެދުކެނޑުމެއްނެތި ގޭސް ލިބޭނެކަމުގެ ޔަގީންކަން އޮތްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ގޭސް އުފުލަނީ ބޮޑެތި ބޯޓުފަހަރުގައި ކަމަށާއި، އެއަށްފަހު ރާއްޖެއަށް އެތެރެކުރަނީ ކުދި ޓޭންކަރުތަކަށް ބަދަލުކޮށްގެން ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި ސަރަހައްދަށް ބޭނުންވާ ގޭސް އެއް އުޅަނދުން އަނެއް އުޅަނދަށް ބަދަލުކުރުމުގެ މަސައްކަތް (ޝިޕް-ޓު-ޝިޕް ޓްރާންސްފާ) ގިނަ ފަހަރަށް ކުރިއަށްދަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކަމަށްވެސް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ) ގައި މިހާރު ހުރީ 1،000 ޓަނުގެ ގޭސް ރައްކާކުރެވޭނެ ގާބިލުކަމެވެ. މީގެ އިތުރުން، އަމިއްލަ ކުންފުންޏެއް ކަމަށްވާ ވިލާ ގޭހުންވެސް ސްޓޯރޭޖް ފެސިލިޓީއެއް ހިންގަމުންދާއިރު، ދެ ކުންފުނި ގުޅިގެން ގޭސް ފޯރުކޮށްދިނުމުގެ ކަންކަން ދަނީ ބަލަހައްޓަމުންނެވެ.

އެސް.ޓީ.އޯގެ ގޭސް ރައްކާކުރާ މިންވަރު އިތުރުކުރުމަށްޓަކައި 1،500 ޓަނުގެ އާ ފެސިލިޓީއެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މި މަޝްރޫޢު މިހާރު އޮތީ ޕްރޮކިއުމަންޓް މަރުހަލާގައި ކަމަށް ވަޒީރު ވިދާޅުވިއެވެ. އުންމީދަކީ މި އަހަރު ނިމުމުގެ ކުރިން މި މަސައްކަތް ނިންމާލުން ކަމުގައި ވިދާޅުވިއެވެ.

”އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މި ފެސިލިޓީ ނިމުމުން މާލެ ސަރަހައްދަށް ބޭނުންވާ ދެ މަސް ދުވަހާއި ބައިގެ ގޭސް ރައްކާކުރެވޭނެ،“ ވަޒީރު ވިދާޅުވިއެވެ.

މާލީ ވަޒީރު އިތުރަށް ވިދާޅުވީ، ގޭސް ޝިޕްމަންޓްތައް ބެލެހެއްޓުމުގައި ދިމާވާ އޮޕަރޭޝަނަލް ކަންކަމަށް ރިއާޔަތްކުރާއިރު، ރައްކާކުރެވޭ މިންވަރު އިތުރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.

މީގެ އިތުރުން، ރާއްޖޭގެ ތިން ސަރަހައްދެއްގައި ތެޔޮ ރައްކާކުރާނެ ރިޒާވްތައް ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ. މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ. ކޮންމެ މަރުހަލާއެއް ނިންމުމަށް 18 މަސް ދުވަހާއި ދެ އަހަރާ ދެމެދުގެ މުއްދަތެއް ނަގާނެ ކަމަށް ލަފާކުރެވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި